Search
ދީރް އެއްޒޫރުގެ މުހިންމު ތެޔޮ ވަޅުތަކުން އެސް.ޑީ.އެފް ފައިބައިފި
- haqqubooks

- Jan 18
- 1 min read

ދީރް އެއްޒޫރުގެ އިރުމަތީގައިވާ "އަލްޢުމަރު" އަދި "އަލްތަނަކް" ތެޔޮ ވަޅުތަކުން އެސް.ޑީ.އެފް (SDF) ގެ ހަނގުރާމަވެރިން ފައިބައިފިއެވެ. "އަލްޢުމަރު" އަކީ ސޫރިޔާގައި އޮތް އެންމެ ބޮޑު ތެޔޮ ވަޅެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެތަނުން ދުވާލަކު 75,000 ފީފާ ތެޔޮ އުފެއްދުމުގެ ގާބިލްކަން ހުއްޓެވެ. އަދި "އަލްތަނަކް" ވަޅުން ދުވާލަކު ގާތްގަނޑަކަށް 40,000 ފީފާ ތެޔޮ އުފައްދާ ކަމަށް އަންދާޒާކުރެވެއެވެ. މި ދެ ސަރަހައްދަކީ ވެސް އިސްތިރާތީޖީ ގޮތުން ނުހަނު މުހިންމު ދެ ސަރަހައްދެވެ.
މަޞްދަރު: އަލްޖަޒީރާ (ސަލާމަތީ މަޞްދަރުތަކާ ހަވާލާދީ)





































































































