top of page
Featured Posts

މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އެސް.ޑީ.އެފް އަށް ސޫރިޔާ ސަރުކާރުން ފިއްތުންތައް ކުރިމަތިކުރަނީ


📌 ހުއްޓިފައިވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން، ޙަލަބާއި ދީރް އެއްޒޫރުގައި އެސް.ޑީ.އެފް (SDF) ގެ ބާރު އޮތް ރަށްތަކަށް ހަމަލާދިނުމަށް ސޫރިޔާގެ ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފައެވެ.


📌 މި އޮޕަރޭޝަނުގައި ސޫރިޔާ އަސްކަރިއްޔާގެ ފަސް ޑިވިޜަނަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، ފުޅާދާއިރާއެއްގައި އަސްކަރީ ހަރަކާތްތަކެއް ފެށުމުގެ ފުރުސަތު އެބައޮތެވެ.


📌 ދީރް އެއްޒޫރާ ހަމައަށް ހަނގުރާމަ ފެތުރިއްޖެނަމަ، އެ ސަރަހައްދުގެ އިރުމަތީގައިވާ ޢަރަބި ގަބީލާތަކުން އެސް.ޑީ.އެފް އާ ދެކޮޅަށް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.


📌 ދީރް އެއްޒޫރުގައިވާ މުހިންމު ތެޔޮ ވަޅުތައް މިހާރު ހުރީ އެސް.ޑީ.އެފްގެ ބާރުގެ ދަށުގައެވެ. ނަމަވެސް ސޫރިޔާ ސަރުކާރުން ބާރުއަޅަނީ އެ ހުރިހާ ވަސީލަތްތަކެއް ދައުލަތުގެ މަރުކަޒީ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ.


📌 އެސް.ޑީ.އެފް އިން ވަނީ ސޫރިޔާ ސިފައިން ޖަމާވަމުންދާތީ އެކަން ކުށްވެރިކޮށްފައެވެ. އެމެރިކާއިން މަސްރަހު ފިނިކުރުމަށް ގޮވާލާފައިވީ ނަމަވެސް، ސޫރިޔާ ސިފައިން ހިންގަފާނެ ވަކިވަކި އޮޕަރޭޝަންތަކަކާ ފާޅުގައި އަދި ދެކޮޅެއް ނުހަދައެވެ.


މަޞްދަރު: ރޮއިޓާސް (Reuters)

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page