top of page
Featured Posts

ސޫދާނުގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމާއެކު އާރް.އެސް.އެފް އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ


ސޫދާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޔޫ.އޭ.އީގެ އެހީތެރިކަން ލިބޭ "ރެޕިޑް ސަޕޯޓް ފޯސަސް" (އާރް.އެސް.އެފް) ގެ 107 އަސްކަރީ އުޅަނދެއް ވަނީ ހަލާކުކޮށްލާފައެވެ. މީގެ ކުރީ ހަފުތާގައި ހަލާކުކޮށްލި 240 އުޅަނދާއެކު، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޖަމާއަތުގެ ޖުމްލަ 347 އުޅަނދެއް ވަނީ ނައްތާލާފައެވެ. މީގެ އިތުރުން، އެ ޖަމާއަތުން ބޭނުންކުރާ ޖާސޫސީ ޑްރޯންތަކާއި ހަނގުރާމަވެރިން ފޮރުވިގެން ތިބޭ މަރުކަޒުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.


ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ކާމިޔާބީތަކަކީ "އަކިންޖީ" (Akıncı) އަދި "ބައިރަކްތާރު ޓީ.ބީ2" (Bayraktar TB2) މަރުކާގެ ޑްރޯންތައް ބޭނުންކޮށްގެން ފުޅާދާއިރާއެއްގައި ހިންގަމުންދާ ވައިގެ އޮޕަރޭޝަންތަކުގެ ނަތީޖާއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މެދުތެރޭ ކުރުދުފާން ސަރަހައްދަށާއި، ލީބިޔާއާއި މިޞްރު ގުޅޭ ބޯޑަރު ސަރަހައްދަށާއި، އިތިއޯޕިއާ ބޯޑަރު ކައިރީގައިވާ ބްލޫ ނައިލްގެ ޔަބޫސް ސަރަހައްދުގެ އިތުރުން، ޗާޑް ބޯޑަރު ކައިރީގައިވާ ދާރްފޫރުގެ ސަރަހައްދުތަކަށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page