Search
ދިމިޝްގު ކައިރިން އައިސިސްގެ ސެލްއެއް ނައްތާލައި، ދެ މީހަކު ހައްޔަރުކޮށްފި
- haqqubooks

- 3 days ago
- 1 min read

ސޫރިޔާގެ ސަލާމަތީ ބާރުތަކުން، ޖެނެރަލް އިންޓެލިޖެންސާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ދިމިޝްގު ކައިރީގައިވާ ވަދީ ބަރަދާ ސަރަހައްދުގެ ޖަދީދާ އަލްޝިބާނީގައި ހަރަކާތްތެރިވަމުންދިޔަ އައިސިސް (ISIS) ގެ ސެލްއެއް ނައްތާލައިފިއެވެ.

މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ އަތުން ގޮއްވާލަން ތައްޔާރުކޮށްފައިވާ އައި.އީ.ޑީތަކާއި (IEDs) ތަފާތު ބާވަތްތަކުގެ ހަތިޔާރު ވަނީ އަތުލައިގަނެފައެވެ. ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގެ އަމާންކަން ނަގާލުމަށް ރާވަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.



































































































