Search
އެންޓާކްޓިކާގެ އެންމެ ބޮޑު އައިސްބާގް ވިރެން ފަށައިފި

އުފެދުނުތާ 40 އަހަރުވެފައިވާ "A-23A" ނަމަކަށް ކިޔާ އައިސްބާގް (ގަނޑުފެންގަނޑު) ވިރެމުންދާތީ، އޭގެ ކުލަ މިހާރު ވަނީ ގަދަ ނޫކުލައަކަށް ބަދަލުވާން ފަށާފައެވެ. 1980 ގެ އަހަރުތަކުގައި އެންޓާކްޓިކާގެ މައި ބިމުން ވަކިވި މި އައިސްބާގް މިހާރު އޮތް ދެކުނު ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން މާ މަތިވުމުގެ ސަބަބުން، އޭގެ އެތެރޭގައި ފެންބޮޑުވެ، ބަރުދަން އިތުރުވެ އައިސްބާގް ފަޅައިގެން ދިއުމަށް ދަނީ މަގުފަހިވަމުންނެވެ. މީގެ ސަބަބުން މި އައިސްބާގް އެއްކޮށް ވިރިގެންދާ ދުވެލި ވަނީ ހަލުވިވެފައެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، މި އައިސްބާގަކީ މީގެ ކުރިން ދިރާސާތަކަށް ބޭނުންކުރެވުނު މުހިންމު ވަސީލަތެކެވެ.






































































































