Search
ޙަލަބުގެ އިރުމަތީ ރަށްބޭރުގައި ހަނގުރާމަވެރިން އިތުރުވަމުންދާތީ ސޫރިޔާގެ އަސްކަރިއްޔާއިން އިންޒާރު ދީފި
- haqqubooks

- 4 days ago
- 1 min read

ސޫރިޔާގެ އަސްކަރީ އޮޕަރޭޝަންސް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި:
ޙަލަބުގެ އިރުމަތީ ރަށްބޭރުގެ ސަރަހައްދުތަކަށް ހަތިޔާރުއެޅި އިތުރު ޖަމާއަތްތަކެއް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ޖަމާވަމުންދާ ހަނގުރާމަވެރިންގެ ތެރޭގައި ޕީ.ކޭ.ކޭ (PKK) އަށް ނިސްބަތްވާ މީހުންނާއި، ކުރީގެ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ބާކީ ތިބި މީހުން ހިމެނެއެވެ.
އަޅުގަނޑުމެން ދަނީ މި މަސްރަހު ވަރަށް ގާތުން ބަލައި، ހިނގަމުންދާ ކަންކަން ވަގުތުން ވަޒަންކުރަމުންނެވެ. އެސް.ޑީ.އެފް (SDF) އިން ހިންގާ ކޮންމެ އަސްކަރީ ހަރަކާތަކަށް ވަރުގަދަ އަދި ހަރުކަށި ރައްދެއް ދެވޭނެއެވެ.
މަޞްދަރު: އަލްޙަދަޘް (Al-Hadath)



































































































