Search
ޙަމާ ސިޓީގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ބޮޑު ނެޓްވޯކެއް އަތުލައިފި
- haqqubooks

- Jan 7
- 1 min read

ސޫރިޔާގެ ސަލާމަތީ ބާރުތަކުން ޙަމާ ސިޓީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަހަން އުޅުނު ބަޔަކު ހުއްޓުވައި، އެތަކެތި އަތުލައިގަނެފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އުފެއްދުމާއި އޭގެ ވަގުފާރިކުރާ ނެޓްވޯކެއްގެ ހަރަކާތްތައް ގާތުން ބަލައި ފާރަވެރިވުމަށްފަހު ހިންގި އޮޕަރޭޝަނެކެވެ.

ސަލާމަތީ ބާރުތަކުން ވަނީ ދަގަނޑު ހޮޅިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި، ގާތްގަނޑަކަށް 86 ކިލޯގެ ބަރުދަން ހުރި، 500،000 (ފަސްލައްކަ) ކެޕްޓަގަން ގުޅަ އަތުލައިގަނެފައެވެ. މި މައްސަލައާ ގުޅިގެން އެ ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅޭ މީހާއާއި އެ ގްރޫޕުގެ އެހެން މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.





















































































