top of page
Featured Posts

ޙަލަބުގައި އެސް.ޑީ.އެފް އިން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި



ސޫރިޔާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި


📌 ވިދިވިދިގެން ތިންވަނަ ދުވަހަށް، ސޫރިޔާގެ ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) އިން ދަނީ ޙަލަބް ޕްރޮވިންސުގައި ހުރި ސިފައިންގެ މަރުކަޒުތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ.


📌 ޝައިޚް މަޤްޞޫދު ސަރަހައްދު ކައިރީގައި ހުރި ސިފައިންގެ މަރުކަޒަކަށް އެސް.ޑީ.އެފް އިން ދިން ހަމަލާއެއްގައި އެކަކު މަރުވެ، ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ.


📌 ޙަލަބުގެ އަވަށްތަކަށް ދެމުންދާ ބަޑީގެ ހަމަލާތަކުގައި ތިން އާންމުން މަރުވެ، 12 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


📌 ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އެސް.ޑީ.އެފް އިން ހަމަލާދޭން ބޭނުންކުރާ މަގާމުތަކަށާއި ޑްރޯން އުދުއްސާ ތަންތަނަށް ހަމަލާދީ، އެތައް މަގާމެއްގެ އިތުރުން ހަތިޔާރު ގުދަނެއް ހަލާކުކޮށްލާފައެވެ.


📌 އެސް.ޑީ.އެފްގެ މި އަމަލުތަކުން ހާމަވަނީ، މާރިޗު 10 ގައި ވެވުނު އެއްބަސްވުން އެ ޖަމާއަތުން ބަލައިނުގަންނަ ކަމާއި، އެ އެއްބަސްވުން ހީނަރުކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page