top of page
Featured Posts

ކޮނޑުގައި ދަބަސް އަޅުވައިގެން... މަރުގެ ތުންފަތްމަތީގައި, ޣައްޒާގެ ކުޑަކުދިން އުނގެނެމުންދަނީ ބަޑީގެ ވަޒަންތަކުގެ މެދުގައި..


ޣައްޒާގައި، ސްކޫލްގެ ދުވަސް ފެށެނީ ރަނގަބީލުގެ އަޑަކުން ނުވަތަ އެސެމްބްލީއަކުން ނޫނެވެ. އޭގެ ބަދަލުގައި ދުވަސް ފެށެނީ ބަޑީގެ ވަޒަންތަކުގެ އަޑާއި، މީހުން ދިރިއުޅޭ ގޭބިސީތައް ގޮއްވާލާ ބާރުގަދަ އަޑުފަށުގެ ތެރެއިންނެވެ.


ކުޑަކުދިން އެކުދިންގެ ދަބަސްތައް ހިފައިގެން، އިމާރާތްތަކުގެ ކުނިބުނިތަކުގެ ތެރެއިން ހިނގާފައި ދަނީ، އެކުދިންގެ ވަށައިގެން އިމާރާތްތައް ގޮއްވަމުންދާ މަންޒަރުތަކުގެ މެދުގައެވެ. އެކުދިންގެ ކޮނޑުގައިވާ ދަބަސްތަކަށްވުރެ، އެކުދިންގެ ހިތުގައިވާ ބިރުވެރިކަން މާ ބޮޑެވެ. އެކުދިން އެ މިސްރާބު ޖަހަނީ ވާރޭގެ ފެނުން ސަލާމަތްނުވާ، އަދި މަރުން ރައްކާތެރިކަން ނުލިބޭ ފޭލިގެތަކާ ދިމާލަށެވެ.


ޣައްޒާގައި، ތައުލީމަކީ ހަމައެކަނި ލިބިދޭންޖެހޭ ހައްގެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ކުރިމަތިލާ ބޮޑު ގޮންޖެހުމެކެވެ. އަދި ހަނދާން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ފަސްގަނޑެއްގައި، ދިރިހުރުމަށްޓަކައި އެކުދިން ނިންމާފައިވާ ވަރުގަދަ އަޒުމެކެވެ.


ހަލާކުވެފައިވާ އިމާރާތްތަކާއި، ހާލުގައި ޖެހިފައިވާ ހާލަތާއި، އަދި ނުހުއްޓި އިވެމުންދާ ގޮވުންތަކުގެ އަޑުގެ ތެރޭގައިވެސް، އެ ކުޑަކުދިން ބިންމަތީގައި އިށީނދެގެން ތިބެ އަކުރުތައް ދަސްކުރެއެވެ. އަދި ފަސްކުރެވިފައިވާ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރެއެވެ.




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page