Search
ޣައްޒާއަށް އެހީ ހިފައިގެން ދިޔަ 6,000 ޓްރަކް އިސްރާއީލުން ހުއްޓުވައިފި
- haqqubooks

- Jan 5
- 1 min read

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންސާނީ އެހީގެ މުހިންމު ތަކެތި ހިފައިގެން ޣައްޒާއަށް ވަންނަން އުޅުނު ގާތްގަނޑަކަށް 6,000 އެއްހާ ޓްރަކް އިސްރާއީލް ސިފައިން ވަނީ ހުއްޓުވާފައެވެ. މި ހުރަސްއެޅުންތަކުގެ ސަބަބުން ކާބޯތަކެއްޗާއި، ބޭހާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މީގެ އިތުރުން، ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކާއި އާންމު ޚިދުމަތްދޭ ތަންތަނުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކާރިސާ އިތުރަށް ބޮޑުވެ، ހާލަތު ވަނީ ގޯސްވެފައެވެ.



































































































