Search
ހެޔޮރަނގަޅު މީސްތަކުންގެ ދަރަޖައަށް ފޯރުމަށް، އަދި ހެޔޮލަފާ މީހުންނާ ވައްތަރުވާން އެދޭ މީހާ
- --
- Jan 5
- 1 min read

✨ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:
”ހެޔޮރަނގަޅު މީސްތަކުންގެ ދަރަޖައަށް ފޯރުމަށް، އަދި ހެޔޮލަފާ މީހުންނާ ވައްތަރުވާން އެދޭ މީހާ,
ފަހެ އިރު އަރައިފި ކޮންމެ ދުވަހަކު ޚަލްޤުތަކުންނަށް މަންފާކޮށްދޭން އޭނާ ނިޔަތް ގަންނަހުށިއެވެ!
އެއީ ﷲ ތަޢާލާ އޭނާގެ އަތްމައްޗަށް ފަހިކޮށްދެއްވި އެމީހުންނަށް މަޞްލަޙަތުހުރި ކަންކަމުގައިއެވެ.
އަދި ޙަލާލު ތަކެތި ހިފުމުގައި، އަދި ޙަރާމް ތަކެތި ދޫކޮށްލުމުގައި އޭނާ ﷲ އަށް ކިޔަމަންވާހުށިކަމެވެ.
އަދި އޭނާއަށް ކުޅަދާނަވީވަރަކުން އެކަންކަމުގައި ޝައްކު ޝުބުހަހުރި ކަންކަމުން އެއްފަރާތްވެ ވަރަޢަވެރިވާހުށިކަމެވެ.
ފަހެ ޙަލާލު ތަކެތި ހޯދާ،
ދަރިންނަށް ޚަރަދުކޮށް ހޭދަކުރުމަކީ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެއްވެސް ކަމެއް އެއާ އެއްވަރު ނުވާ ބޮޑުވެގެންވާ (ހެޔޮކަމުގެ) ބާބެކެވެ.“
📖 އަލްއީމާނުލް އަވްސަޠު 📖



































































































