Search
ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު މަރުވެޖެއެވެ.
- haqqubooks

- Jan 5
- 1 min read

ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެކުނުގައިވާ ބިންތު ޖުބައިލް ސަރަހައްދުގެ އުތުރުން އޮންނަ އައިން އަލްމިޒްރާބް ސަރަހައްދުގައި ދުއްވާފައި ދިޔަ ކާރަކަށް އިސްރާއީލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި ދެ މީހަކު ވަނީ މަރުވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، މި ހަމަލާއަކީ ހިޒްބުﷲގެ މެންބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އަދި މިއީ 2024 ވަނަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިޒްބުﷲ އިން ޚިލާފުވުމާ ގުޅިގެން، އެކަމުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.
ނޯޓް: އިސްރާއީލުން ހަމަލާތައް ދޭއިރު، އެއްވެސް އިރެއްގައި ގަވާއިދުތަކާއި ޤާނޫނުތަކަށް ބަލާފަ ނުވާކަންވެސް ފާހަގަ ކޮއްލަމެވެ.



































































































