top of page
Featured Posts

ދިމިޝްގުގެ މަޒޭ ސަރަހައްދަށް އަމާޒުވި ހަމަލާތަކާ ގުޅިގެން ޝައިޚް ޢަބްދުއްރައްޒާޤު އަލްމަހްދީ ކަންބޮޑުވުން ފާޅުކޮށްފި



ދިމިޝްގު ގަވަރނަރޭޓުން ހާމަކޮށްފައިވާ ގޮތުގައި، ދިމިޝްގުގެ މަޒޭ ސަރަހައްދަށް އަމާޒުވި ވަރުގަދަ ހަމަލާތަކެއްގައި، އެއް ހަމަލާ އަލްމުޙައްމަދީ މިސްކިތުގެ ގުއްބަށް އަމާޒުވެފައިވާއިރު، ދެވަނަ ހަމަލާ އަމާޒުވީ މުވާސަލާތީ އިދާރާގެ އިމާރާތަކަށެވެ. އަދި ތިންވަނަ ހަމަލާ ވެއްޓިފައިވަނީ މަޒޭ އެއާޕޯޓްގެ ކައިރި ސަރަހައްދަކަށެވެ.


މިކަމާ ގުޅޭ އިތުރު ތަފްސީލު:މަޒޭ ސަރަހައްދާއި ރިޔާސީ ގަނޑުވަރު ކައިރިއަށް މިފަދަ ހަމަލާތައް އަމާޒުވުމަކީ ތަކުރާރުވަމުންދާ ކަމެއް ނަމަވެސް، މިފަހަރުގެ ހަމަލާތައް ކުރިއަށްވުރެ މާ ވަރުގަދަކަން ފާހަގަކުރެވެއެވެ.


މި ހަމަލާތައް ދިން ފަރާތެއް ނޭނގޭއިރު، އެއްވެސް ޖަމާއަތަކުން މިކަމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަމަލާތަކުން ދޭހަވަނީ، މިއަށްވުރެ ނުރައްކާތެރި އަދި ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަން ހަމަލާދިން ފަރާތުގެ ކިބައިގައި ހުރިކަމެވެ.


އެހެންކަމުން، މި ދަނޑިވަޅުގައި ސަރުކާރާއި ގައުމުގެ ލީޑަޝިޕުން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ސަފުތައް ބަދަހިކޮށް، ދިފާއީ ގޮތުން ތައްޔާރުވާންޖެހެއެވެ. ކުރިއަށް އޮތް ތަނުގައި ހަނގުރާމައެއް ފެށިދާނެ ވަގުތެއް ނޭނގޭއިރު، އެކި ސަރަހައްދުތަކުގައި ތިބި ހަތިޔާރުއެޅި ޖަމާއަތްތަކުން އެކުގައި ހަރަކާތްތެރިވާން ފަށާފާނެ ކަމުގެ ބިރު އެބައޮތެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މާތްﷲ ޝާމް ކަރައާއި އެތަނުގެ ރައްޔިތުންނާއި، އަދި އިސްލާމީ ހުރިހާ ގައުމުތަކެއް ސަލާމަތްކުރެއްވުމެވެ.


ޝައިޚް ޢަބްދުއްރައްޒާޤު އަލްމަހްދީ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page