Search
އަފްޣާނިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ސޫރިޔާއިން ތައުޒިޔާ ފޮނުވައިފި
- haqqubooks

- Jan 4
- 1 min read

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ތައުޒިޔާ ފޮނުވައި، އެފަރާތްތަކުގެ ހިތާމައިގައި ބައިވެރިވެއްޖެއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި، މި ގުދުރަތީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ސޫރިޔާ އޮތީ އަފްޣާން ސަރުކާރާއި ރައްޔިތުންނާއެކުކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި އެ ވުޒާރާއިން ހެޔޮދުއާ ކުރައްވާފައިވެއެވެ..



































































































