Search
އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ވާހަކަދެއްކެވި ދީނީ އިލްމުވެރިއަކު ސޯމާލީލޭންޑުން ހައްޔަރުކޮށްފި

އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކެވި ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް މުޙައްމަދު ވަލީ އަބްދުއްރަޝީދު، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.
އިއްޔެގެ ހުކުރު ނަމާދުގެ ތެރޭގައި ޝައިޚް، އިސްރާއީލާއެކު އެއްބަސްވުމުގައި ސޮއިނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ އެއްބަސްވުމަކީ އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ކަމެއްކަން ޝައިޚް ފާހަގަ ކުރެވިއެވެ.
ހުކުރު ޚުޠުބާގައި ޝައިޚް ވަނީ، މީގެ ކުރިން އާންމުންނަށް ސިއްރުކުރެވިފައިވާ، އިސްރާއީލާއެކު ވެވޭ އެއްބަސްވުމުގެ ހަގީގަތް ރައްޔިތުންނަށް ތަފްސީލުކޮށްދެއްވާފައެވެ.
ސޯމާލީލޭންޑްގެ ސަލާމަތީ ބާރުތަކުން ޝައިޚް ހައްޔަރުކޮށްފައިވަނީ އިޝާ ނަމާދަށްފަހު މިސްކިތުން ނުކުމެވަޑައިގަންނަވަނިކޮށެވެ.






































































































