top of page
Featured Posts

ވެނެޒުއޭލާއަށް ދެމުންދާ ހަމަލާތައް ފަލަސްތީނުގެ ޕޮޕިއުލަރ ފްރަންޓުން ކުށްވެރިކޮށްފި


ވެނެޒުއޭލާގެ ބޮލިވޭރިއަން ރިޕަބްލިކާ ދެކޮޅަށް އެމެރިކާގެ އިސްތިއުމާރީ ބާރުތަކުން ދެމުންދާ ރަހުމުކުޑަ ހަމަލާތައް، ޕޮޕިއުލަރ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީން (ޕީ.އެފް.އެލް.ޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޖަމާއަތުން ސިފަކުރި ގޮތުގައި މިއީ މިނިވަން ދައުލަތްތަކަށް އަމާޒުކޮށްގެން އެމެރިކާއިން ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތަކުގެ އައު ބާބެކެވެ.


ވެނެޒުއޭލާގެ ވެރިކަމާއި، ސަރުކާރާއި އަދި ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރަމުން ޕީ.އެފް.އެލް.ޕީ އިން ބުނީ، ޚާއްޞަކޮށް ރައީސް ނިކޮލަސް މަދޫރޯއަށް އެ ފަރާތުގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ. އަދި ވެނެޒުއޭލާއަށް އަމާޒުކޮށް މިފަދަ ހަމަލާތަކެއް ދެމުންދަނީ، އެ ގައުމުން ބާރުގަދަ ގައުމުތަކުގެ ނުފޫޒާ ދެކޮޅަށް ގެންގުޅޭ ސާބިތު އުސޫލުތަކާއި، ފަލަސްތީނުގެ ހައްގުގައި އެ ގައުމުން ވަކާލާތުކުރާތީ ކަމަށްވެސް އެ ޖަމާއަތުން ފާހަގަކުރިއެވެ.


އެމެރިކާގެ އަސްކަރީ ހަމަލާތައް މިގޮތަށް ކުރިއަށްދާނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރު ހަނގުރާމައިގެ ހުޅުގަނޑުތައް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ. އަދި ވެނެޒުއޭލާއަށް ދޭ ކޮންމެ ހަމަލާއަކީ އަމިއްލަ މިނިވަން ނިންމުންތައް ނިންމުމުގެ ހައްގު ދިފާއުކުރާ ކޮންމެ ގައުމަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރިއެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page