top of page
Featured Posts

ފަލަސްތީނުގެ މުޖާހިދީން ހަރަކާތުން ނެރުނު ބަޔާން


بسم الله الرحمن الرحيم


ފަލަސްތީނުގެ ޣައްޒާ ކަރައިގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ގިނަ އަދަދެއްގެ އިންސާނީ އެހީދޭ ޖަމިއްޔާތަކުގެ މަސައްކަތްތައް ހުއްޓުވުމަށް ޞިހްޔޫނީ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިއީ އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު އިތުރަށް ވަރުގަދަކުރުމަށް އެޅި ނުރައްކާތެރި ފިޔަވަޅެކެވެ.


މި އިޖުރާމީ ނިންމުމަކީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ކުޑަކުދިންނާއި، ބަލިމީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް ދިރިތިބުމަށް ބޭނުންވާ އެހީގެ މަގުތައް ބަންދުކުރުމަށް ދިން ސީދާ ހަމަލާއެކެވެ. މި ނިންމުމުގެ މަގްސަދަކީ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރި ހިސާރުކޮށް، އެ ތަންތަނަކީ އިންސާނުންނަށް ދިރިނޫޅެވޭ ފަދަ ތަންތަނަށް ހެދުމެވެ.


އެ ޖަމިއްޔާތަކުގެ މުވައްޒަފުންގެ ލިސްޓުތައް، "ސެކިއުރިޓީ ޗެކް" ކުރުމުގެ ނަމުގައި ދުޝްމަނުން ބޭނުންކުރުމަކީ އިންސާނީ މުސީބާތް އިތުރަށް ބޮޑުކޮށް، އެ ޖަމިއްޔާތަކަކީ ޖާސޫސީ ވަސީލަތްތަކަކަށް ހެދުމަށް ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ.


ޞިހްޔޫނީ އިސްތިއުމާރުގެ މި އަނިޔާވެރި ނިންމުން ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އެފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ. މި ނިންމުމުގެ ސަބަބުން، އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެއެވެ.


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މިނިވަންކަމަށް ލޯބިކުރާ ފަރާތްތަކުން، ފަލަސްތީނުގެ ރައްޔިތުންނާއި އެބައިމީހުންގެ ހައްގުތަކަށް ނަސްރުދިނުމުގައި ދެމިތިބުމަށާއި، ޒަމާނީ ތާރީޚު ދުށް އެންމެ ބޮޑު ޖަރީމާތައް ހިންގަމުންދާ ޞިހްޔޫނީންނަށް ޕްރެޝަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.


ފަލަސްތީނުގެ މުޖާހިދީން ހަރަކާތް

މަރުކަޒީ މީޑިއާ

ބުދަ ދުވަސް، 11 ރަޖަބު 1447 ހިޖުރީ

31 ޑިސެމްބަރު 2025 މީލާދީ


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page