ސޫރިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފައިސާ ބަދަލުކުރުމުގެ އިޖުރާއަތްތައް ތަފްސީލުކޮށްދެއްވައިފި.
- haqqubooks

- Jan 2
- 1 min read

📌 އަޅުގަނޑުމެން މަސައްކަތްކޮށްފައިވަނީ ފައިސާ ބަދަލުކުރުމުގެ މަރުހަލާ ލުއިފަސޭހަ އަދި އިންތިޒާމުވެފައިވާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.
📌 ފައިސާ ބަދަލުކުރުމަށް 90 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. އަދި މި މުއްދަތު އިތުރުކުރަންޖެހޭތޯ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ކަނޑައަޅާނެއެވެ.
📌 މި މަރުހަލާގައި މައިގަނޑު ގޮތެއްގައި ބަދަލުކުރެވޭނީ 1000، 2000 އަދި 5000 ގެ ނޫޓުތަކެވެ.
📌 ބޭންކުތަކާއި މަނީ އެކްސްޗޭންޖް ފިހާރަތައް ހިމެނޭގޮތަށް، ފައިސާ ބަދަލުކޮށްދޭ 1500 މަރުކަޒެއް ގާއިމުކުރެވިފައިވެއެވެ.
📌 އާ ފައިސާ މިހާރު ވަނީ ހުރިހާ ސިޓީތަކެއްގައި ހުރި މަރުކަޒީ ބޭންކުގެ ގޮފިތަކަށް ފޮނުވިފައެވެ. އަދި މާދަމާގެ ވަގުތެއްގައި ބޭންކުތަކަށާއި އެކްސްޗޭންޖް ކުންފުނިތަކަށް އާ ފައިސާ ބަހަން ފަށާނެއެވެ.
📌 ފައިސާ ބަދަލުކުރުމުގެ އުސޫލުތައް އާންމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ.
📌 ފައިސާ ބަދަލުކުރުމުގެ މުއްދަތު ހަމަވުމަށްފަހު، އަނބުރާ ނުނަގާ ހުންނަ ކުދި ނޫޓުތައް ދައުރުވުމުގައި ދެމިޮންނާނެއެވެ. މީގެ ބޭނުމަކީ މާލީ މުއާމަލާތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.



































































































