އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމާއި ފަލަސްތީނު މީހުން ވަޒަންވެރިކުރުވުމާ ގުޅޭ ވާހަކަތައް ސޯމާލީލޭންޑުން ދޮގުކޮށްފި
- haqqubooks

- Jan 2
- 1 min read

🇸🇴❌🇮🇱
އިސްރާއީލުން ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި، އެ ގައުމުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމަށާއި، ގާޒާގެ ފަލަސްތީނު ރައްޔިތުން އެ ގައުމުގައި ވަޒަންވެރިކުރުވުމަށް އެއްބަސްވެފައިވާ ކަމަށް ފެތުރިފައިވާ ޚަބަރުތައް ސޯމާލީލޭންޑުން ވަރުގަދައަށް ދޮގުކޮށްފިއެވެ.
ސޯމާލީލޭންޑުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި އިސްރާއީލާއެކު އޮންނަ އެއްވެސް މުއާމަލާތެއް ބިނާވެގެންވަނީ ހަމައެކަނި ޑިޕްލޮމެޓިކް އުސޫލުތަކުގެ މައްޗަށް ކަމަށާއި، އެ ގައުމުން އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސޯމާލީލޭންޑުން މިފަދައިން ރައްދު ދީފައިވަނީ، އިސްރާއީލާއެކު އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށާއި "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމަށް ސޯމާލީލޭންޑުން ޝަރުތުތަކެއް ގަބޫލުކޮށްފައިވާ ކަމަށް ސޯމާލިއާގެ ރައީސް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ސޯމާލީލޭންޑުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ގައުމަކީ އަބްރަހަމް އެކޯޑްސްގައި ބައިވެރިވާ ގައުމެއްކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި ނުވަތަ ފަލަސްތީނު މީހުން ވަޒަންވެރިކުރުވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.



































































































