top of page
Featured Posts

ވަޢުދު ފުއްދުން


މުސްލިމުން އަންދަލުސްގައި (މިހާރުގެ ސްޕޭން) ވެރިކަންކުރަމުން ގެންދިޔަ ދުވަސްވަރު އެތާނގެ ދެޙާކިމުންކަމުގައިވާ حارس بن عبادއާއި عدي بن أبي ربيعة ދެމެދުގައި ހަނގުރާމައެއް ފެށުނެވެ. حارس بن عباد ގެންދިޔައީ عدي بن أبي ربيعة ހޯދައި ހައްޔަރުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ދެމީހުން ކުރިއަކުން ބައްދަލުވެފައެއްނުވެއެވެ. އަދި އެކަކަށް އަނެކަކު ނުވެސް އެނގެއެވެ. حارس ބޭނުންވެގެން އުޅެނީ عدي ގެ ފަރާތުން ކުރީގައި ހިނގާފައިވާ ކަމެއްގެ ބަދަލުހިފުމަށެވެ. ނަމަވެސް ހަނގުރާމަ ނުފެށިގެން އުޅެނިކޮށް حارس ގެ ސިފައިން އިދިކޮޅު ލަޝްކަރުގެ މީހެއް ހައްޔަރުކޮށްގެން އޭނާގެ ކައިރިއަށް ގެނައެވެ. އެހިނދުحارس ޤައިދީއާ ސުވާލުކުރިއެވެ. [عدي بن أبي ربيعة ވީތަނެއް އަހަރެން ކައިރީ ބުނާށެވެ!]


ޤައިދީ ދެންނެވިއެވެ. [ތިމަން عدي بن أبي ربيعة ވީތަނެއް ބުނެދީފިނަމަ ތިބާ، އަހަރެން މިނިވަންކޮށް ދޫކޮށްލާނަން ހެއްޔެވެ؟]

حارس ވިދާޅުވިއެވެ. [އާނއެކެވެ! ތިބާ ދޫކޮށްލާނެކަމަށް އަހަރެން ވަޢުދުވަމެވެ.]

ޤައިދީ ދެންނެވިއެވެ. [އެހެންކަމަށްވާނަމަ އަޑުއަހާށެވެ! عدي بن أبي ربيعة އަކީ އަހަރެންނެވެ.]

ކޮންމެއަކަސް حارس بن عباد އޭނާގެ ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމުގެގޮތުން عدي މިނިވަންކޮށް ދޫކޮށްލިއެވެ.

*****

މަޞްދަރު: سنہرے اوراق / عبد المالك مجاهد


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page