top of page
Featured Posts

މައިންބަފައިންނާ މުޢާމަލާތްކުރުމުގައި ބެހެއްޓޭނެ 35 އަދަބެއް:

  • --
  • Feb 9
  • 2 min read

1) މައިންބަފައިންގެ ޙާޒިރުގައި އެމީހުންނަށް ސަމާލުކަމެއް ދިނުމެއްނެތި ފޯނާ ކުޅުން ދޫކޮށްލުން.


2) މައިންބަފައިން ދައްކާ ވާހަކަ ކަނުލާ އަޑުއެހުން.


3) އެމީހުން ފާޅުކުރާ ރައުޔު ބަލައިގަތުން.


4) މައިންބަފައިންގެ ވާހަކައަށް ރިއެކްޓުކޮށް ސަމާލުކަން ދިނުން.


5) ނިކަމެތިކަމާއެކު އެމީހުންނަށް ބެލުން.


6) މައިންބަފައިންނަށް ޘަނާކިޔާ، އެމީހުންގެ ރަނގަޅު ވާހަކަތައް އަބަދުވެސް ދެއްކުން.


7) އެމީހުން އުފާވާކަހަލަ ޚަބަރުތަކުގައި ބައިވެރިވުން.


8) އެމީހުންގެ ހުރި އުނި ޞިފަތަކާއި ނުބައި ކަންކަމުގެ ވާހަކަ ނުފެތުރުން.


9) މައިންބަފައިންގެ ރަޙްމަތްތެރިންނާއި، އެމީހުން ލޯބިވާ މީހުންނާ ގާތްކަން ބަހައްޓާ އިޙްތިރާމްކުރުން.


10) މައިންބަފައިން ކޮށްދީފައިވާ ކަންތަކުގެ ވާހަކަ އަބަދުވެސް ދައްކާ އެކަންކަމާމެދު ފަޚުރުވެރިވުން.


11) ތަކުރާރުކޮށް އެއް ވާހަކައެއް ދެއްކިޔަސް އެމީހުންގެ ވާހަކައަށް ސަމާލުކަންދީ، ފޫހިކަން ފާޅުނުކުރުން.


12) މާޒީގައި ހިނގާފައިހުރި ހިތާމަވެރި ވޭންހުރި ކަންކަމުގެ ވާހަކަތައް ހަނދާންކޮށްދީގެން އެމީހުންގެ ހިތަށް ތަދުނުކުރުން.


13) އެމީހުން ދައްކާ ވާހަކައާ ނުވެ އެހެން ވާހަކައެއް ދައްކަން ނުފެށުން.


14) މައިންބަފައިންގެ ގާތުގައި އިށީންދެ ތިބޭއިރު އިޙްތިރާމާ ލޯތްބާއެކު އިށީންދެ ތިބުން.


15) މައިންބަފައިން ފާޅުކުރާ ރައުޔާ ފިކުރުތަކަކީ އަގެއް ނެތް އެއްޗެއްކަމުގައި ހަދާ ކުޑަކޮށްލާ، ފުރައްސާރަކޮށް ނުހެދުން.


16) އެމީހުން ވާހަކަދައްކާއިރު ވާހަކަ މެދުކަނޑާނުލާ، އަދި އެމީހުން ދައްކާނެ ވާހަކައެއް ދެއްކުމަށް ފުރުސަތުދީގެން ހުރުން.


17) މައިންބަފައިންގެ ޢުމުރަށް ރިޢާޔަތްކޮށް އިޙްތިރާމްކޮށް، ކާފަމާމަ ދަރިންގެ ފަރާތުން އެމީހުންނަށް އުނދަގުލެއްވިޔަ ނުދިނުން.


18) މައިންބަފައިންގެ ކުރިމަތީގައި ކާފަމާމަ ދަރިންނަށް ޢުޤޫބާތްދީ ނުހެދުން. އަދި އެކުދިންގެ ކަންކަން ކުރަން މައިންބަފައިންނަށް ނުޖެއްސުން.


19) އެމީހުން ދޭ އިރުޝާދުތަކާއި ނަޞޭޙަތްތައް ބަލައިގަނެ ޤަބޫލުކުރުން.


20) މައިންބަފައިން ޙާޒިރުވެއްޖެނަމަ އަބަދުވެސް އެމީހުންނަށް އިސްކަންދީ، ކުރިއަށް ނެރުން.


21) އެމީހުންގެ މައްޗަށް އަޑުއުފުލާ ބާރަށް ވާހަކަނުދެއްކުން.


22) ހިނގާއިރު މައިންބަފައިންގެ ކުރިއަށް އަރާ ނުދިޔުން އަދި އެމީހުން ކުރިމަތީ ނުހިނގުން.


23) ކެއުން އިންސާފުކުރެވޭހިނދު މައިންބަފައިން ކާން ނުފަށަނީސް ކާން ނުފެށުން.


24) އެމީހުންނާ ދިމާލަށް ލޯއަޅައިގެން ނުބެލުން.


25) މައިންބަފައިންނާމެދު ފަޚުރުވެރިވެވޭ މާބޮޑު ކަމެއް ނެތަސް އެމީހުންނަށް ޤަދަރުކޮށް ފަޚުރުވެރިވުން.


26) އެމީހުންގެ ކުރިމަތީގައި ޤަދަރުކުޑަވާ ގޮތަށް ދެފައި ދަމާ، ނުވަތަ އެމީހުންނަށް ފުރަގަސްދީގެން އަޅާނުލާ ނުހުރުން.


27) މައިންބަފައިންނަށް ބަދުބަސް ރައްދުވާނެ ސަބަބެއްކަމުގައި ތިބާ ނުވުން.


28) ހުރިހާ ވަޤުތަކުވެސް އެމީހުންނަށް ހެޔޮދުޢާ ކޮށްދިނުން.


29) އެމީހުންގެ ކުރިމަތީގައި ވަރުބަލިކަމާއި، އެމީހުންނާ ހެދި އުނދަގޫވެގެން އުޅޭފަދަ ގޮތަކަށް ކަންކަން ފާޅުނުކުރުން.


30) މައިންބަފައިންނަށް ކުރެވޭ ކުށްތަކަށް މަލާމާތްކޮށް ހުނުން ދޫކޮށްލުން.


31) އެމީހުން އިސްވެ ނުބުނަނީސް އަމިއްލައަށް އެމީހުންނަށް ޚިދުމަތްކޮށްދީ ކަންކަން ކޮށްދިނުން.


32) މައިންބަފައިންނާ ދުރުގައި އުޅޭނަމަ އަބަދުވެސް އެމީހުންނަށް ޒިޔާރަތްކުރުމާއި، މައިންބަފައިން ތިބާގެ ގާތަށް ޒިޔާރަތްކޮށްފިނަމަ ހުރިހާކަމެއް ހުއްޓާލާފައި އެމީހުންނަށް މެހުމާންދާރީ އަދާކޮށް ކައިރީގައި ހުރުން.


33) މައިންބަފައިންނާ ވާހަކަދައްކާއިރު އެންމެ ރިވެތި ބަސްތަކުން ވާހަކަދެއްކުމާއި، އެމީހުންދެކެ ރުޅިނައުން.


34) މައިންބަފައިން އެންމެ ލޯބިކުރާ ނަންތަކުން އެމީހުންނަށް ގޮވުން.


35) ހުރިހާ ކަމެއްގެ ކުރިއަށް، އަދި ހުރިހާ މީހުންގެ މައްޗަށް މައިންބަފައިން އިސްކޮށް ކުރިއަށް ނެރުން.


ފަހެ އެ ދެމީހުންނަކީ ބިންމަތީގައި ހިނގަހިނގާހުރި، ތިބާއަށް ލިބިގެންވާ ބޮޑު ކަންޒެކެވެ.

އަދި ބިމު އަޑީގައި އެ ކަންޒު ވަޅުލެވުންވަނީ ކައިރިވެގެންނެވެ.“


-ނަޤުލުކުރެވިފައި-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page