ޖިންނި މޮޔަވުމަކީ ޙަޤީޤަތެއް

الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.
ޖިންނިއަކީ ވުޖޫދުގައިވާ އެއްޗެއްކަމާއި އަދި އިންސާނުން ޖިންނި މޮޔަވާކަމީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައިވާ ކަންތައްތަކެކެވެ. ނަމަވެސް މަދުން ނަމަވެސް މިފަދަ ކަންތައްތައް ޤަބޫލުނުކުރާ، ނުވަތަ ޤަބޫލުކުރަން ދަތިވާ މީހުން ތިބެއެވެ. މިކަމުގައި ބައެއް މީހުންގެ ދަޢުވާއަކަށްވެފައިވަނީ އެކަމާބެހޭ އެއްވެސް ޢިލްމެއް އެބައިމީހުންނަށް ލިބިފައިނުވާ ކަމެވެ. ނަމަވެސް މިކަންތައްތައް ވުޖޫދުގައި ނުވާ ކަމުގެ ޢިލްމެއް މިފަދަ އެއްވެސް މީހަކަށް ލިބިފައިނުވެއެވެ. ޢިލްމުލިބިފައި ނުވުމަކީ އެއްޗެއް ނުވާކަމުގެ ޙުއްޖަތެއް ނޫނެވެ. އެގޮތުން މިފޮތަކީ ޖިންނި މޮޔަވުމާ ގުޅުންހުރި މަޢުލޫމާތުތަކެއް ބަޔާންކޮށްދޭ ފޮތެކެވެ.
ދުޢާއަކީ ﷲ ތަޢާލާ މިފޮތުގެ ފައިދާ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވުމެވެ.
ފޮތުގެ ނަން: ޖިންނި މޮޔަވުމަކީ ޙަޤީޤަތެއް
ލިޔުއްވީ: الشيخ عبدالله بن محمد إبراهيم
ޞަފްޙާގެ ޢަދަދު: 14 ޞަފްޙާ (A4 ސައިޒް).
ފައިލް ސައިޒް: 852.79 KB
ހުރިހާ ފޮތްތަކެއް ފަސޭހަކަމާއެކު ހޯދުމަށް ތިރީގައިވާ ބަޓަނަށް ފިތާލުއްވާ







































































































