top of page
Featured Posts

ﷲ އަށް ބިރުވެތިވާ ކަމުގެ ޢަލާމާތްތައް، އޭގެ ސަބަބުތައް އަދި އޭގެ މޭވާތައް (1)


އިމާމް ޣަޒާލީ (رحمه الله)، އިމާމް އިބްން ޤައްޔިމް (رحمه الله) އަދި އިމާމް އިބްން ރަޖަބް ޙަންބަލީ (رحمه الله)


ބިރުވެތިވާ ކަމުގެ ޢަލާމާތްތައް


ދަންނާށެވެ! މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން ﷲ ތަޢާލާ އަށް ބިރުވެތި ވާކަމާއި ނުވަތަ އެކަލާނގެ ދަނެގަންނަ ކަން ކުދި ޓެސްޓަކުން ހޯދިދާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެކެވެ:


1- ދޫ އަހަރެމެންނަށް އަންގައިދޭނެއެވެ: އަހަރެމެން ނުބައި ވާހަކަ ދައްކާނަމަ، ޣީބަ ބުނާނަމަ އަދި ނުބައިކަން ބޮޑު އަނގަތަކުގައި ބައިވެރިވާ ނަމަ އޭގެން ދައްކުވައިދެނީ ކަންބޮޑުވުން ވަރަށް ކުޑަކަމެވެ. އަހަރެމެންގެ ދޫ ﷲ ތަޢާލާ ހަނދުމަކުރުމުގައި މަޝްޣޫލުކުރަންޖެހޭނެ އެވެ. ޤުރުއާން ކިޔެވުމުގައާއި އަދި ޢިލްމުގެ މަޖިލީސްތަކުގައި ބައިވެރިވުމުގައެވެ.


2- އެހެނިހެން މުސްލިމުންނާއި މެދުގައި ހިތުގައި އޮންނަ ރުޅިވެރިކަމާއި، ހަސަދަވެރިކަމާއި އަދި ޢަދާވާތްތެރިކަން ނައްތާލާ، ހެޔޮކޮށް ދެކުމާއި އަޅާލުމަށް ބަދަލުކުރަންޖެހޭނެއެވެ.


3- އަހަރެމެންގެ ބަނޑަށް ލެވޭ އެއްޗެކާއިމެދުގައި ސަމާލުވާންޖެހޭނެއެވެ.


4- ޙަރާމް ތަކެއްޗަށް ބެލުމުގައި އަހަރެމެންގެ ލޯ އަމާޒުކޮށްގެން ނުވާނެއެވެ.


5- އަހަރެމެންގެ ފައި ޙަރާމް ތަންތަނާއި ދިމާލަށް ގެންގޮސްގެން ނުވާނެއެވެ.


6- ޙަރާމް ބޭނުންތަކަށް އަހަރެމެންގެ އަތް ދިއްކޮށްގެން ނުވާނެއެވެ.


7- ހެޔޮ ޢަމަލު ކުރުމުގައި، އެ ޢަމަލުތައް ކުރެވެނީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ނޫންކަމާއި މެދުގައި ސަމާލުވާންޖެހޭނެ އެވެ.


ﷲތަޢާލާއަށް ބިރުވެތިވާންޖެހޭ ސަބަބުތައް:


އޭ ﷲގެ އަޅުތަކުންނޭވެ! ﷲ ތަޢާލާއަށް އަހަރެމެން ބިރުވެތި ވާންޖެހެނީ ކީއްވެކަމުގެ ވަރަށް ގިނަ ސަބަބުތައް ވެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ސަބަބުތަކެވެ.


1- ތައުބާވުމުގެ ކުރިން މަރުވުމުގެ ބިރު.


2- ތައުބާއާއި އެއްގޮތަށް ނޫޅެވުމާއި ވަޢުދާއި ޚިލާފްވެވުމުގެ ބިރު.


3- ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވިދާނެ ކަމުގެ ބިރު.


4- ހިތުގެ މަޑުކަން ނެތިގެން ދިއުމާއި ހިތް ހަރުވުމުގެ ބިރު.


5- އެއްގޮތެއްގައި ނުހުރެވުމުގެ ބިރު.


6- އެދުންވެރިކަން ގަދަވެގަނެފާނެ ކަމުގެ ބިރު.

11 ޖުލައި 2010 -

www.click4islam.com


 
 
telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page