އަހަރެންގެ ފިރިމީހާއަކީ ގިނަގިނައިން ރޯދަ ހިފައި، ރޭއަޅުކަންކުރުން ދިގު މީހެކެވެ.
- --
- 3 hours ago
- 1 min read

💥އަންހެނަކު އަލްޙަސަނުލް ބަޞްރީ (110ހ) ގެ އަރިހަށް އައިސް ދެންނެވިއެވެ:
”އޭ އަބޫ ސަޢީދެވެ!
އެކަމަކު އަހަރެން އޭނާދެކެ ލޯތްބެއް ނުވެއެވެ.
އެހެންވީމާ އޭނާގެ ކިބައިން ޚުލްޢުކޮށް ވަކިވާންވީހެއްޔެވެ؟“
އަލްޙަސަނު ވިދާޅުވިއެވެ:
”ނޫނެކެވެ!
ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"(ފިރިންގެ ކިބައިން) ނެއްޓި ނިގުޅިގަނެ ޚުލްޢުކުރާ އަންހެނުންނަކީ މުނާފިޤުންނެވެ."
ދެން އެއަންހެނާ ދެންނެވިއެވެ:
”އަދި އެއްފަހަރު ކިޔާދެއްވާށެވެ!“
ދެން އެކަލޭގެފާނު އެޙަދީޘް ތަކުރާރުކޮށް ކިޔުއްވިއެވެ. ދެން އެކަނބުލޭގެ ދެންނެވިއެވެ:
”ﷲ ގަންދީ ބުނަމެވެ!
އަހަރެން ކެތްތެރިވާހުށީމެވެ!“
ދެން އެ އަންހެނާ އެނބުރި ދިޔުމުން އަލްޙަސަނު ވިދާޅުވިއެވެ:
”ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ފޯރި ޚަބަރަކަށްޓަކައި
އަމިއްލަ ނަފްސު ނުރުހޭ ކަންތަކެއްގެ މައްޗަށް ކެތްތެރިކުރުވާ އަންހެނެއް މިހާރު ބާކީ ހުރިކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ!“
📖 ސުނަނު ސަޢީދު ބްނު މަންޞޫރު 📖



































































































