top of page
Featured Posts

ފޮތް: ދީނީ ލިޔުންތައް ޢަރަބި ބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގައި ވިސްނާލަން ޖެހޭ އަސާސީ ބައެއް ނު

Jun 16, 2018
1 min read

الحمد لله رب العالمين ، و الصلاة و السلام على نبينا محمد و على آله و صحبه أجمعين.

ތަރުޖަމާކުރުމަކީ އެއްބަހަކުން އަނެއްބަހަކަށް ދޭހަވާ މާނަ ބަޔާންކޮށްދިނުމެވެ. މިއީ ދުނިޔޭގެ ކޮންމެ ހަޟާރާތެއްގައިވެސް ވަރަށް މުހިންމު ކަމެކެވެ. މިއީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފަންނެކެވެ.

ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ވާޖިބުކަމެއް އެކަމަކާއި ނުލައި ފުރިހަމަ ނުވާ ކަންތައްތައް، ވާޖިބުވެގެންވާ ކަމެއްކަމުގައި މެނުވީ ނުވެއެވެ.” [اقتضاء الصراط المستقيم في مخالفة أصحاب الجحيم].

ވީމާ މި ކުޑަކުޑަ ބަޙުޘް އަޅުގަނޑު މި ހުށައަޅާލަނީ ތަރުޖަމާކުރުމުގައި ޚާއްޞަކޮށް ޝަރުޢީ ނައްޞުތައް ތަރުޖަމާކުރާއިރު ސަމާލުކަންދޭންވީ ބައެއް އަސާސީ ނުކުތާތަކުގެ މައްޗަށެވެ. އެއީ އަޅުގަނޑުގެ ފަހުމްވުމާއި ޤާބިލިއްޔަތު ހުރި ނިކަމެތި މިންވަރުންނެވެ. އެގޮތުން މި ބަޙުޘްގައި އަންނަނިވި މައިގަނޑު ނުކުތާތައް ހިމެނޭނެއެވެ.

ދުޢާއަކީ ﷲ ތަޢާލާ މިފޮތުގެ ފައިދާ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވުމެވެ.

ފޮތުގެ ނަން: ދީނީ ލިޔުންތައް ޢަރަބި ބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގައި ވިސްނާލަން ޖެހޭ އަސާސީ ބައެއް ނުކުތާތައް

ލިޔުއްވީ: އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ބިން މުޙައްމަދު ބިން ޢަބްދުﷲ އަލްމަދަނީ

ޞަފްޙާގެ ޢަދަދު: 24 ޞަފްޙާ (letter ސައިޒް).

ފައިލް ސައިޒް: 1.29 mb


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page