

26 މާރިޗު، އީރާނު ހަނގުރާމަ / 27 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷🇹🇷 - "އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަލްފުގެ އަރަބި ގައުމުތައް ބައިވެރިވިޔަނުދީ ހުއްޓުވުމަށްޓަކައި ތުރުކީން އަންނަނީ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރަމުން،" - ބްލޫމްބާގް. 🇮🇷🇱🇧🇮🇱 - "އެމެރިކާއާއި އިސްރާއީލާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ހިޒްބުالله ބައިވެރިކުރަންވާނެ ކަމަށް އީރާނުން މެދުވެރިން މެދުވެރިކޮށް އަންގައިފި،" - ރޮއިޓާސް. 🇺🇸🇮🇷🇮🇱 - "އީރާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރުމަށް

haqqubooks
Mar 272 min read


މާރިޗު 25، އީރާނު ހަނގުރާމަ / 26 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷 - އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑް "ޚާތަމް އަލް-އަންބިޔާ" އިން ބުނި ގޮތުގައި އެމެރިކާއިން މަޝްވަރާ ކުރަމުންދަނީ އަމިއްލަ ނަފްސާއެވެ. އަދި އިތުރަށް ބުނެފައިވަނީ: "އަހަރެމެން ފަދަ ބަޔަކު ތިޔަފަދަ ބަޔަކާއެކު އެއްބަސްވުމަކަށް ނާންނާނެ—މިހާރަކު ނޫން، އަދި ދުވަހަކުވެސް.." 🇺🇸🇮🇷 - އީރާނުގެ "ޚަރްގް" ރަށުގައި އެމެރިކާގެ ހަމަލާއަކަށް ތައްޔާރުވެގެން ތިބި އީރާނު ސިފައިންގެ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުންކުރެވޭ "އެފް.ޕީ.ވީ" (FPV) ޑްރޯންތައް

haqqubooks
Mar 262 min read


މާރިޗު 24، އީރާނު ހަނގުރާމަ / 25 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާނުން އިޒްރޭލަށް މިއަދު ދިން ގިނަ މިސައިލް ހަމަލާތަކެއްގައި ދިހަވަރަކަށް މީހުން ޒަޚަމްވެ، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާތަކުގައި ކްނެސެޓްގެ މެންބަރެއް ކަމަށްވާ މީރާވް ބެން-އަރީގެ ގެ ވަނީ މުޅިން ސުންނާފަތިވެފައެވެ. 🇸🇦🇦🇪🇮🇷 - "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކުރާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމާ ގާތް

haqqubooks
Mar 252 min read


މާރިޗު 23، އީރާނު ހަނގުރާމަ / 24 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇪🇺🇮🇶 - ބަޣުދާދުގެ ވިކްޓޯރިއާ ބޭސްއިން އެމެރިކާއާއި ނޭޓޯގެ ސިފައިން ފުރިހަމައަށް ފޭބުމަށް ފުރުސަތު ދިނުމުގެ ގޮތުން، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 24 ގަޑިއިރުގެ ހަމަލާބަދަލުކުރުން ހުއްޓާލުމަކަށް އެއްބަސްވެއްޖެއެވެ. އިރާގުގެ އުތުރުގެ ކުރުދީ ސަރަހައްދުތަކުގައި މަދު ސިފައިންކޮޅެއް ބައިތިއްބުމަށްފަހު، އެމެރިކާއާއި ނޭޓޯގެ ބާރުތައް މިހާރު ވަނީ އިރާގުގެ އެހެން ހުރިހާ ސަރަހައްދުތަކުން ފުރިހަމައަށް ފައިބާފައެވެ. މިއީ މި ހަނގުރާމައިގައި އިރާނަށް އައި ވަރަށް ބޮޑު ކުރިއެރު

haqqubooks
Mar 242 min read


22 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 23 ވަނަ ދުވަސް:
🇺🇸🇮🇷🇮🇱 - އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގާއި ދެކުނުގެ ސަރަހައްދުތަކަށް، އަދި ވެރިރަށް ތެހެރާނުގެ ބައެއް ބައިތަކަށް ދެމުންދާ ވައިގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. 🇮🇷🇸🇦🇮🇱 - އީރާނުން ދަނީ އިސްރާއީލަށާއި ގަލްފުގެ ހުރިހާ ގައުމުތަކަކަށް އަމާޒުކޮށް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ. 🇺🇸🇮🇷 - އިސްރާއީލުގެ ޗެނަލް 15 އިން ރިޕޯޓްކުރާ ގޮތުގައި، ގަތަރުން ދަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސައުދީ

haqqubooks
Mar 232 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 21 މާރިޗު، 22 ވަނަ ދުވަސް:
🇮🇷🌐 - އީރާނުގެ އިންޓަނެޓް ޚިދުމަތް މެދުކަނޑާލާފައި އޮންނާތާ މިއަދަށް 21 ދުވަސް ވެއްޖެއެވެ. 🇺🇸🇮🇷🇮🇱 - އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ ނަޓާންޒް ނިއުކްލިއާ މަރުކަޒަށް ވަރުގަދަ ހަމަލާއެއް ދީފިއެވެ. 🇱🇧🇮🇱 - އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިންގެ ބަޔަކާ މިއަދު ހެނދުނު ވަނީ ގުޅުން ކެނޑިފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ހާދިސާއާ ގުޅޭ މައުލޫމާތު އާންމުކުރުން އަސްކަ

haqqubooks
Mar 222 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 20 މާރިޗު، 21 ވަނަ ދުވަސް:
🇺🇸🇮🇷 - އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކުމުގެ އައު ހުއްދަތަކެއް ދޫކޮށްފައެވެ. މީގެ ސަބަބުން އީރާނަށް ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. 🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނާ ގޮތުގައި، އީރާނުގެ ޑްރޯން ހަމަލާއެއް ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވެ، އެތަނުގެ އެކި ބައިތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 🇮🇷🛢 -

haqqubooks
Mar 212 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 19 މާރިޗު، 20 ވަނަ ދުވަސް:
🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. 🇸🇦🇮🇷 - ސައުދީ އަރަބިއްޔާގެ ޔަންބޫ ބަނދަރުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ޑްރޯން ހަމަލާއެއް ވަނީ އަރާފައެވެ. 🇮🇷🇰🇼 - ކުވެއިތުގެ އިންފޮމޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މިއަދު ހެނދުނު ކުވެއިތުގެ ތެޔޮ ސާފުކުރާ އެހެން ކާރުޚާނާތަކަށް ވެސް ވަނީ ހަމަލާދީފައެވެ. މި ހަމަލާތ

haqqubooks
Mar 202 min read


18 މާރިޗު - އީރާން ހަނގުރާމަ 19ވަނަ ދުވަހުގެ ޚުލާސާ:
🇱🇧🇮🇱 ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުން ހިޒްބުﷲގެ އަތުގައި އަދިވެސް ކުރު ރާސްތާގެ އެތައް ހާސް ރޮކެޓެއް އެބަހުއްޓެވެ. 🇮🇷🇮🇱 އީރާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުގައި، ރޭގެ ވަގުތެއްގައި ތެހެރާންގައި ދިން ހަމަލާއެއްގެ އަމާޒަކީ އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމެވެ. 🇱🇧🇮🇱 ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަ

haqqubooks
Mar 193 min read


މާރިޗު 17، އީރާނު ހަނގުރާމަ 18ވަނަ ދުވަހުގެ ޚުލާޞާ:
🇮🇷🛢- "ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނުން ދަނީ ޚަރްގް ބަނދަރު މެދުވެރިކޮށް ދުވާލަކު 1.6 މިލިއަން ފީފާ ތެޔޮ ބޭރުކުރަމުންނެވެ. 🇺🇸🇮🇱🇮🇷 - އީރާނަށް ދޭން ފެށި ހަމަލާތަކަށް މަދު ގަޑިއިރުތަކެއް ވީތަނާ، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާ އެންމެ ތާއީދުކުރާ އެކްޓިވިސްޓް ލޯރާ ލޫމާއަށް ގުޅައި، އޭނާގެ ތައުރީފުގެ ބަސްތައް އަޑުއަހާފައި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެއެވެ. 🇨🇳🇮🇷🇱🇧 - އީރާނާއި، އުރުދުން، ލުބުނާނު އަދި ޢިރާގަށް

haqqubooks
Mar 182 min read


މާރިޗު 16، އީރާނު ހަނގުރާމަ 17 ވަނަ ދުވަހުގެ ޚުލާޞާ:
🇺🇸🇸🇦🇮🇷 - ސައުދީ އަރަބިއްޔާއިން ފާޅުގައި ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސިއްރިއްޔާތުގައި ޓްރަމްޕަށް ލަފާދެއްވަމުންދާ ކަމަށް "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފިއެވެ. 🇱🇧🇮🇱 - އިސްރާއީލް ސިފައިން ވަނީ ލުބުނާނުގެ ދެކުނަށް "މިންވަރެއްގެ" އެއްގަމު ހަމަލާތަކެއް ދޭން ފަށާފައެވެ. ހިޒްބުﷲ އާއި އިސްރާއީލް ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާތާ އެތައް ގަ

haqqubooks
Mar 172 min read


މާރިޗު 15އީރާނު ހަނގުރާމަ 16 ވަނަ ދުވަހުގެ ޚުލާޞާ:
🇮🇷🇱🇧🇮🇱 - އީރާނާއި ހިޒްބުﷲ ގުޅިގެން މިއަދުގެ އެކި ވަގުތުތަކުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 🇺🇸🇮🇷🇮🇱 - އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި ތެހެރާންގެ ބައެއް ބައިތަކަށް ދޭ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވެއެވެ. 🇮🇷🇧🇭 - އީރާނުން ބަޙްރައިންގައި ހުންނަ "ޢީސާ އެއާ ބޭސް" އަށް ސީދާ ހަމަލާއެއް ދީފިއެވެ. 🇮🇳🇮🇷 - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމަށް ދަތިވުމާ ގުޅިގެން، އިންޑިއާގެ "ހިންޑަލްކޯ އިންޑ

haqqubooks
Mar 162 min read


14 މާރިޗު، އީރާނު ހަނގުރާމަ 15 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇦🇪- ޔޫ.އޭ.އީގެ ފުޖައިރާ ތެޔޮ ޓާމިނަލަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް އަމާޒުވެ، އެ ތަނުން ބޮޑެތި ދުމުގެ އަސަރު ފެންނަން ހުރި ކަމަށް ރިޕޯޓުކޮށްފިއެވެ. 🇳🇱- ނެދަލޭންޑްސްގެ އެމްސްޓަޑަމްގައި ހުންނަ ޔަހޫދީ ސްކޫލެއްގައި މިއަދު އެއްޗެއް ގޮވައި، ބައެއް ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. 🇺🇸🇮🇱🇮🇷- އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެއާޕޯޓުތަކުގެ ރަންވޭތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސްފިއެވެ. 🇮🇷🇮🇱🇸🇦- އީރާނުން

haqqubooks
Mar 152 min read


13 މާރިޗު، އީރާނު ހަނގުރާމަ 14 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷 - އެމެރިކާއިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދިނުމަށް 'ބީ-2' (B-2) މަރުކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކޮއްފައިވެއެވެ. 🇮🇷🇦🇪 - އީރާނުގެ ޑްރޯން ހަމަލާތަކެއް ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް (DIFC) އަމާޒުކޮއްފައިވެއެވެ. 🇮🇷🇮🇱 - އިސްރާއީލުގެ ޒަރްޒީރަށް އެރި މިސައިލް ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ. 🇺🇸🇮🇷 - ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި، އީރާނުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުން އަވަހަށް ވަކިވުމުގެ އެއްވެސް ވ

haqqubooks
Mar 142 min read


12 މާރިޗު، އީރާނު ހަނގުރާމަ 13 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇦🇪 - ޔޫ.އޭ.އީގެ ޖަބަލް އަލީގެ އުތުރުން 35 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ޖަޕާނުގެ ކޮންޓޭނަރު އުފުލާ ބޯޓަކަށް ހަމަލާއެއް އަރައި، ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށް ޔޫ.ކޭ.އެމް.ޓީ.އޯ އިން ރިޕޯޓުކޮށްފިއެވެ. ބޯޓުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. 🇮🇷🇧🇭 - އީރާނުން ބަޙްރައިން އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީފިއެވެ. 🇺🇸🇮🇷🇮🇱 - އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށާއި ހުޅަނގު އީރާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ކުރި

haqqubooks
Mar 132 min read


11 މާރިޗު، އީރާނު ހަނގުރާމަ 12 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇴🇲🇦🇪 - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާދީފައިވާ ކަމަށް ޔޫ.ކޭ.އެމް.ޓީ.އޯ އިން ރިޕޯޓުކޮށްފިއެވެ. އޮމާންގެ އައްސޭރިފަށާ 11 ނޯޓިކަލް މޭލު ބޭރުން އެއް އުޅަނދަށް ހަމަލާ އެރުމާ ގުޅިގެން އޭގެ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. ދެވަނަ އުޅަނދަށް ހަމަލާ އަމާޒުވެފައިވަނީ ޔޫ.އޭ.އީގެ ދުބާއީގެ ހުޅަނގު އުތުރުން 50 ނޯޓިކަލް މޭލު ބޭރުންނެވެ. 🇦🇪🇮🇷 - އީރާނުގެ ދެ ޑްރޯން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ވެއްޓި، ހަތަރު މީހަކަ

haqqubooks
Mar 122 min read


އީރާނު ހަނގުރާމަ / މާރިޗު 10، އެގާރަވަނަ(11) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇷⚡️- "އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުން މިހާރު އެޖެންޑާގައި ނެތް." - އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ. 🇮🇷🇦🇪🇴🇲⚡️- ޔޫ.އޭ.އީގެ އަބޫދާބީގެ އުތުރުން ކަނޑުގެ އުޅަނދަކަށް ހަމަލާ އަމާޒުވެއްޖެއެވެ. 🇺🇸🇮🇷🇮🇱⚡️- އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާއިރު، އިސްރާއީލުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެޔޮ ރައްކާކުރާ ގުދަންތަކަށެވެ. 🇺🇸🇮🇷🇮🇱⚡️- އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށުނު ފަހުން

haqqubooks
Mar 112 min read


މާރިޗު 9، އީރާނު ހަނގުރާމަ ދިހަވަނަ(10) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇶⚡️ - ޢިރާގުގެ ކުރުދިސްތާނުގައިވާ އަރްބީލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. 🇮🇷🇧🇭⚡️ - އީރާނުން ބަޙްރައިންގެ ބަޕްކޯ (BAPCO) ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފިއެވެ. މި ހަމަލާއާ ގުޅިގެން އެ ކުންފުނިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. 🇺🇸🇺🇦⚡️ - ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ބުނި ގޮތުގައި، އީރާނުގެ ޑްރޯންތަކުން އެމެރިކާގެ މަރުކަޒުތައް ދިފާއުކުރ

haqqubooks
Mar 103 min read


މާރިޗު 8، އީރާނު ހަނގުރާމަ ނުވަވަނަ(9) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇷🇸🇦 - މާރިޗު 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާކަން ސެންޓްކޮމް އިން އިއުލާނުކޮށްފިއެވެ. މިއާއެކު މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ އަށަކަށް އަރާފައެވެ. 🇮🇷 - އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީގެ ދަރި، މުޖްތަބާ ޚާމަނާއީ ރަސްމީކޮށް އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް އައްޔަންކޮށްފިއެވެ. އޭނާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބެލެވޭއިރު،

haqqubooks
Mar 92 min read


މާރިޗު 7، އީރާނު ހަނގުރާމަ އަށްވަނަ ދުވަހުގެ ޚުލާޞާ
އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް މިހާރު ވަނީ މަދުވެފައެވެ. މިގޮތުން ކޮންމެ ހަމަލާގެ ބުރެއްގައި ފޮނުވާލަނީ 1 ނުވަތަ 2 ބެލިސްޓިކް މިސައިލެވެ. ނަމަވެސް، ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށްދާއިރު، މި ހަމަލާތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެލުގެ އިންފްރާސްޓްރަކްޗަރަށެވެ. ހަމައެއާއެކު، ލުބުނާނު ބޯޑަރު ކައިރިއަށާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޖަމާވެފައިވާ އިސްރާއީލް ސިފައިންނަށް ހިޒްބުﷲ އިން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ. ވޭތުވެދިޔަ

haqqubooks
Mar 81 min read


އީރާން ހަނގުރާމަ / މާރިޗު 6، ހަތްވަނަ(7) ދުވަހުގެ ޚުލާސާ
🇺🇸🇮🇷🇮🇱 – 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ދެކުނުގައި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުތަކާއި އިރާގުގެ ޕީ.އެމް.އެފް (PMF) ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. 🇺🇸🇮🇶🇮🇷⚡️ – އެމެރިކާ، އިރާގު އަދި އީރާން: އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފައިވެއެވެ. 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ބަޞަރާގައި ހުންނަ އެމެރިކާގެ ލޮޖިސްޓިކް ކުންފުންޏެއް ކަމަށްވާ ކޭ.ބީ.އާރް (KBR) އަށް ޑްރޯން ހަމަލ

haqqubooks
Mar 72 min read


އިރާނު ހަނގުރާމަ 5 މާރިޗު، 6 ވަނަ ދުވަހުގެ ޚުލާސާ.
🇺🇸 - "އެމީހުން އެ ބޭކާރުކުރަނީ ވަގުތު. ޚާމަނާއީގެ ދަރިފުޅަކީ އެފަދަ މަގާމަކަށް އެކަށީގެންވާ ފެންވަރެއް ހުރި މީހެއް ނޫން. ވެނެޒުއޭލާގެ ޑެލްސީ [ރޮޑްރިގޭޒް] އާ މެދު އަމަލުކުރި ފަދައިން، އިރާނުގެ ވެރިޔަކު އައްޔަންކުރުމުގެ މަރުހަލާގައި އަހަރެންގެ ބައިވެރިވުން އޮންނަންވާނެ." އިރާނުގެ ދެން ހުންނާނެ އެންމެ މަތީ ވެރިޔާއާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރައީސް ޓްރަމްޕް ބުނީ. "ޚާމަނާއީގެ ދަރިފުޅަކީ އަހަންނަށް ގަބޫލުކުރެވޭނެ މީހެއް ނޫން. އަހަރެމެން ބޭނުންވަނީ އިރާނަށް އެއް

haqqubooks
Mar 62 min read


އީރާނު ހަނގުރާމަ: 5 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 4
🇦🇪🇶🇦🇧🇭🇰🇼🇸🇦 ޚަލީޖުގެ ޤައުމުތަކާއި އެމެރިކާ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ޔޫ.އޭ.އީ، ޤަޠަރު، ބަޙްރައިން، ކުވައިތު އަދި ސައުދީ އަރަބިއްޔާއިން ދަނީ އެކި މިންވަރަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ ޤައުމުތަކުން އިސްވެ ހަމަލާ ދިނުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭސްތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިތުރަށް ދިނުން ހިމެނެއެވެ. 🇶🇦 ޤަޠަރު: ޤަޠަރުގެ ރައުސް ލައްފާން ޕްލާންޓުން އެލް.އެން.ޖީ (LNG) އުފެ

haqqubooks
Mar 52 min read


އީރާނު ހަނގުރާމަ: 4 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 3
🇮🇷 އީރާނު: އީރާނުގެ "ލީޑަރޝިޕް އެކްސްޕަރޓްސް ކައުންސިލް" އިން، އެޤައުމުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ، އީރާނުގެ ދެން އަންނަން އޮތް އެންމެ މަތީ ވެރިޔާގެ މަޤާމަށް އިންތިޚާބުކޮށްފައިވާ ކަމަށް އީރާނުގެ އިދިކޮޅު މީޑިއާއެއް ކަމަށްވާ "އީރާން އިންޓަރނޭޝަނަލް" އިން ރިޕޯޓްކޮށްފިއެވެ. 🇺🇸 🇮🇶 🇮🇷 އެމެރިކާ / ޢިރާޤު / އީރާނު: ރައީސް ޓްރަމްޕް ކުރުދީ ލީޑަރުންނާއެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި، އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާނެ ފ

haqqubooks
Mar 43 min read








































