

”ޢިލްމާއިއެކު ނަފްސަކީ ދެމިޔަލީ ޚަންޖަރެއް:
ޢިލްމަކީ ނަފްސުގެ އަމިއްލަ އެދުންތަކަށް ވާޞިލުވުން މަނާކުރާ ފަރުވާއަކަށްވާ ގޮތަށް، އަދި ސަވާރުވެގެން އިންނަ މީހާ އަސް ކޮންޓުރޯލުކޮށްގެން ގެންދާގޮތަށް ނަފްސު ކޮންޓުރޯލުކޮށް ގެންދާ ޤާއިދަކަށް ޢިލްމުވާ ގޮތަށް, ނަފްސު އެދި ބޭނުންވާ ކަންކަމަށް ވާޞިލުކޮށްދިނުމަށް އެނަފްސަށްހުރި ޚާދިމެއްކަމުގައިވެސް ޢިލްމު ވެދާނެއެވެ. އެގޮތުން ނަފްސާ ދިމާކޮށް، ކޮންޓުރޯލުކުރުމުގެ ބަދަލުގައި އޭރުން އެވަނީ ނަފްސު ބޭނުންވާ ކަންކަން ކޮށްދޭ ޚާދިމެއްކަމުގައިއެވެ. ނަފްސު ބޭނުންވާ ކަންކަމަށް ކުޅަދާނަކަމާއި..
--
Apr 292 min read


ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ.
🍁 އަލްފުޟައިލު ބްނު ޢިޔާޟު (187ހ) ވިދާޅުވިއެވެ: ”ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ. އާދަމުގެފާނު ދުނިޔެއަށް ބޭލެއްވުނީ ޢުޤޫބާތެއްގެ ގޮތުންނެވެ. (އެހެން ރިވާޔަތެއްގައި: އެކަލޭގެފާނަށާއި އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޤިޔާމަތްދުވަހާ ހަމައަށް ކަންކަންވަމުންދާ ގޮތް ނުފެނޭހެއްޔެވެ؟) ފަހެ އެކަލާނގެ އިންސާނާގެ ކިބައިން އެދުނިޔެ ފޭކުރައްވާ ގޮތް ނުފެނޭހެއްޔެވެ؟ އެއްފަހަރު ބަނޑުހައިހޫނުކަން ޖައްސަވާ، އަނެއްފަހަރު އުނުއޮރިޔާން ނިވާކުރަން ދަތިކުރައްވާ، އަނެއްފަހަރު ޙާޖަތް ޖަ
--
Apr 291 min read


ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން.
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން. ދަންނާށެވެ! ހެޔޮ ޢަމަލުތައް ސިއްރުކޮށް ވަންހަނާކޮށްގެން އިޚްލާޞްތެރިކަމުގެ ފައިދާވުމާއި، ދެއްކުންތެރިކަމުން ނަޖާވުން ވެއެވެ. އަނެއްކޮޅުން ފާޅުކޮށްގެން އެހެން މީހުން ތަބަޢަވުމާއި، މީސްތަކުންނަށް ހެޔޮކަންތަކަށް ހިތްވަރުދިނުންވެއެވެ. ނަމަވެސް ދެއްކުންތެރިކަމުގެ އާފާތް އެކަމުގައިވެއެވެ. ހެޔޮ ޢަމަލުތައް ފާޅުކުރުންވަނީ ދެބަޔަކަށެވެ: ▪️އެއްކަމަކީ: ސީދާ އެ ޢަމަލު ފާޅުކުރުމެވ
--
Apr 273 min read


”ނަފްސުގައި ޝަހުވަތަކަށް ދެވިފައިވާ އަގުވަނީ އެޝަހުވަތް ޙާޞިލުކުރުމުގެ މަގު އުނދަގޫވެގެންވާ މިންވަރެއްގެ މައްޗަށެވެ:
ގިނަފަހަރު، ވަކި ޝަހުވަތެއް ހޯދޭނެ ގޮތް އުނދަގޫވެގެންވާނަމަ، އަދި އެޝަހުވަތެއް ފުދުން ދުރުވެގެންވާނަމަ, ހޯދުން ފަސޭހަ އަދި ނިމުން ކައިރީގައިވާ ޝަހުވަތަކަށްވުރެ ނަފްސު އޭގައި މާބޮޑަށް އެލިގެންވެއެވެ. އެއީ ކައިރީގައި ފަސޭހައިން ލިބެން އޮތް ޝަހުވަތުގެ ލައްޒަތާއި އަރާމު ބޮޑުވެގެންވިޔަސްމެއެވެ. އެހެނީ ނަފްސު ދެކެނީ ވަކި އެއްޗެއް ވުޖޫދުވުން ނާދިރުވެ އަދި އެހޯދުންވެސް އުނދަގޫވެގެންވުމަކީ އެ އެއްޗެއް އަގުބޮޑުވެގެންވާކަމަށްވާ ދަލީލެއްގެ ގޮތުގައިއެވެ. މިހެންވެ ތިމާގެ ގާތަށް ކުރިމަތިލައ
--
Apr 271 min read


ރަޝީދު އަލްޚައްބާޒު ކިޔާދެއްވިއެވެ:
”އަހަރެންގެ ސާހިބުމީހާއާއެކު މައްކާއަށް ދިޔުމަށް ނިކުތީމެވެ. އަދި އެއަހަރުގައި އަހަރުމެން މައްކާގައި ތިބީމެވެ. އަދި އެއަހަރު ސުފްޔާނުއް ޘައުރީ (161ހ) ވެސް މައްކާގައި ހުންނެވިއެވެ. އަދި އަހަރެންގެ ސާހިބުމީހާ ހަވީރު އެކަލޭގެފާނުގެ އަރިހަށް ގޮސް ވާހަކަދައްކާ އުޅެއެވެ. އަދި އަހަރެންވެސް އޭނާއާއެކުގައި ދަމެވެ. ދެން އެއްދުވަހަކު މީހަކު އައިސް ސުފްޔާނަށް ދަންނަވައިފިއެވެ: "އޭ އަބޫ ޢަބްދު ﷲ އެވެ! މިއަދު ޞާލިޙުގެ ދެ ދަރިންކަމުގައިވާ އަލްޙަސަނުއާއި ޢަލީ އަތުވެއްޖެއެވެ." ސުފްޔާނު ވިދާޅު
--
Apr 241 min read


ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރު ވަޤުތު:
▪️”އެންމެ ރާޖިޙު ގޮތަކީ: ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަސްވަރަކީ ޙައްޖު މަސްތަކުގައި ކަމެވެ. އަދި އެއިންވެސް މޮޅު އިތުރުވެގެންވަނީ ޛުލް ޤަޢިދާ މަހުގައެވެ.. އަދި އެންމެ ޞައްޙަ ބުނުމުގެ މައްޗަށް، އެމަހުގައި ކުރާ ޢުމްރާ، ރަމަޟާންމަހު ކުރާ ޢުމްރާއަށްވުރެވެސް ހެޔޮވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ޢުމްރާއެއް ކުރެއްވީވެސް އެދުވަސްވަރުގައެވެ.“ ▪️”ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ކުރެއްވިއެވެ. އެހުރިހާ ޢުމްރާއެއްވެސް ކުރެއްވީ
--
Apr 241 min read


”ކެއުމުގެ ޝަހުވަތް:
ކެއުމާއި ބުއިމުގެ ޝަހުވަތަކީ އިންސާނާ ދިރިހުރުމުގެ އަޞްލުކަމުގައިވުމާއެކުވެސް, އެއީ ބުއްދިއާއި ވިސްނުންހުރި މީހުންގެ ބުއްދިއަށް އަސަރުކުރުން އެންމެ ބަލިކަށި ޝަހުވަތެވެ. އެއީ ކެއުމާއި ބުއިން އެއީ ދިރިހުރުމުގެ އަޞްލާ ގުޅިފައިވާ ކަމަކަށްވުމުންނެވެ. ނަފްސު ޝައުޤުވެރިވާނީ އެނަފްސު ދިރިހުރުމުގެ އިތުރަށް އަންނަ ކަންކަމުގައި އެލޭށެވެ. އިންސާނާ ދިރިހުރުން ޙައްޤުކޮށްދޭ ޝަހުވަތްތަކަކީ އެއަށްވުރެ އިތުރަށް އަންނަ ލައްޒަތްތަކާއި ދިރިއުޅުން ފުރިހަމަކޮށްދޭ އެހެން މޮޅުތަކާއި އަރާމުތަކުގެ ޝަހު
--
Apr 241 min read


ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ.
”ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ. ޙަސަދަވެރިކަން ލައިގަނެފައިވާ ނަފްސަށް އޭގެ ސަބަބުން މީސްތަކުންގެ ޢައިބުތައް ހޯދައިގަންނަން ދުރު ވިސްނުމަކާއި ފެނުމެއް ދެއެވެ. ޖާހަށް އޮންނަ ލޯބި، ޙަސަދަވެރިކަން ފަޅުވައެވެ. އަދި ޙަސަދަވެރިކަމުން، މީސްތަކުންގެ ޢައިބުތަކާއި އުނި ސިފަތައް ހޯދާބެލުމުގެ ޞިފަ ފަޅުވައެވެ. އެއީ އަޙްމަދު ވިދާޅުވި ގޮތަށެވެ: "ރިޔާސަތަށް ލޯބިކޮށްފި މީހާ؛ މީހުންގެ ޢައިބުތައް ހޯދަން އުޅޭނެތެވެ." އެހެންގޮސް ހެޔޮ
--
Apr 212 min read


”ޖާހާއި ބޮޑާކަމާއި ޙަސަދަވެރިކަން:
ޖާހާއި މަޤާމެއް ލިބިގެންވުމަށް ލޯބިކުރުމުގެ އިމްތިޙާނު ޖެހިގެންވާ މީހާ, ދެ ޠަބީޢަތަކުން އިމްތިޙާނު ކުރެވެއެވެ. މި ދެ ޠަބީޢަތު ހެދިބޮޑުވެގެން އަންނަނީ، އަދި އެފަސްގަނޑަކުން ފަޅައިގެން އަންނަނީ ޖާހަށް ލޯބިކުރުމުގެ މަތީގައިއެވެ. ފުރަތަމައީ: ޙަސަދަވެރިކަމެވެ. ދެވަނައީ: ކިބުރުވެރިކަމެވެ. ޖާހާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަން، މި ތިންކަމަކީ މަގުފުރެދުމާއި އަނިޔާވެރިކަން (އޭގެ މަތީގައި ހަރުލާ ޘާބިތުވާ އުނދުނުގެ) ތިން ހިލައެވެ. ޙަސަދަވެރިކަމަށް ބަލާއިރު: އެހެނީ އެމީހަކާމެދު ޙަސަދަވެ
--
Apr 201 min read


ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ.
🌴 ރަޖާއު ބްނު ޙައިވާ (112ހ) ، ޚަލީފާ ޢުމަރު ބްނު ޢަބްދުލް ޢަޒީޒު (101ހ) ގެ ދަރިކަލުންނަށް ވިދާޅުވިއެވެ: ”ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ. އެއް ރެޔަކު އަހަރެން އެކަލޭގެފާނާއެކު ރޭދަންވަންދެން ވާހަކަދައްކަން އިނީމެވެ. ދެން ފުޅިބައްތި ނިވެންފެށިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ ރަޖާއުއެވެ! ބައްތި މިހިރަ ނިވުނީއެވެ." އޭރު އަހަރުމެންނާ ޖެހިގެން އެކަލޭގެފާނުގެ އަޅުކުއްޖެއް ނިދާފައި އޮތެވެ. ދެން އަހަރެން ބުނެފީމެވެ: "މިކުއްޖާ...
--
Apr 171 min read


އަމިއްލަ ނަފްސު މޮޅުކޮށް ރަނގަޅުކުރުމުން ދުރުވެ ހިތްތިރިކުރުން:
ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ވިދާޅުވިއެވެ: ”ތިބާއަށް ވުރެ ދޮށި މީހަކު ފެނިއްޖެނަމަ ބުނާށެވެ: "މީނާ އީމާންކަމާއި ޞާލިޙު ޢަމަލުގައި އަހަރެންނަށްވުރެ ކުރިއަރާދިޔައެވެ. މީނާ އަހަރެންނަށްވުރެ ހެޔޮވެގެންވެއެވެ." ތިބާއަށްވުރެ ހަގު މީހަކު ފެނިއްޖެނަމަ ބުނާށެވެ: "އަހަރެންވަނީ ފާފަތަކާއި އުރެދުންތަކަށް އޭނާއަށްވުރެ ކުރިއަރާ ގޮސްފައިއެވެ. އެހެންވީމާ އޭނާ އަހަރެންނަށްވުރެ މާ ރަނގަޅެވެ." ފަހެ ތިބާއަށްވުރެ ބޮޑު ނުވަތަ ކުޑަ މީހެއް ނޫނީ މީހަކު ނުފެންނާނެއެވެ. އަދި ތިބާގެ އަޚުންނާއި
--
Apr 131 min read


”މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުމުގައި ޖާހުގެ ޝަހުވަތް ނިވާވެ ފޮރުވުން:
ޖާހަށް އޮންނަ ޝަހުވަތަކީ ފައިސާގެ ޝަހުވަތާ އެއްފަދަ އެއްޗެއް ނޫނެވެ. އެހެނީ މުދަލާއި ފައިސާގެ ޝަހުވަތަކީ ފާޅުކޮށްވާ އެއްޗެކެވެ. ޖާހާއި މަޤާމުގެ ޝަހުވަތަކީ ފޮރުވިގެންވާ އެއްޗެކެވެ. އަދި މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުން އެއާ އެކުގައިވެއްޖެނަމަ އަދި އެއަށްވުރެވެސް ޖާހުގެ ޝަހުވަތް ވަންހަނާވުން ބޮޑެވެ. އެގޮތުން ޖާހުގެ ޝަހުވަތް ފޮރުވާ ވަންހަނާކުރުމަށްޓަކައިވާ ވަސީލަތެއްކަމުގައި މުދަލަށް ޒުހުދުވެރިވުން ހަދައެވެ. މުދަލާއި ފައިސާގެ ޝަހުވަތް ދޫކޮށްލައިގެން، ޖާހުގެ ޝަހުވަތް ވަންހަނާ

haqqubooks
Apr 112 min read


7 އޭޕްރީލް، އީރާން ހަނގުރާމަ / 39 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: އިޒްރޭލުން އީރާނުގެ ޕެޓްރޯކެމިކަލް އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 🇺🇸🇮🇷🇵🇰 - އެމެރިކާ، އީރާން އަދި ޕާކިސްތާން: ޓްރަމްޕް ވަނީ މިރޭ ދިނުމަށް ރާވާފައި އޮތް ބޮން އެޅުމުގެ ހަރަކާތްތައް މެދުކަނޑާލައި، ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ނިންމަވާފައިވާކަން އިއުލާން ކޮއްފައެވެ. 🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: ވައިޓް ހައުސްގެ އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދިން ގޮތުގައި، އިޒްރޭލުންވެސް ވަނީ ވަގުތީ ގޮ

haqqubooks
Apr 82 min read


6 އޭޕްރީލް، އީރާނު ހަނގުރާމައިގެ ޚުލާސާ / 38 ވަނަ ދުވަސް:
🇺🇸🇮🇷 - ދާއިމީ ސުލްހައަކަށް އީރާނުން އެދުން:އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކަމަށާއި، ވަގުތީ ސުލްހައެއް ގަބޫލުނުކުރާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. އަދި ދެވަނަ ފަހަރަށް ހަމަލާއެއް ނާންނާނެ ކަމުގެ ޔަގީންކަމަށް އީރާނުން އެދެއެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އިގުރާރުވާނެ ކަމަށް ބެލެވެއެވެ. 🇮🇷 - ހޯރްމޫޒް ކަނޑ

haqqubooks
Apr 72 min read


5 އޭޕްރީލް، އީރާން ހަނގުރާމަ | 37 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷 - އެމެރިކާ އަދި އީރާން: ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި، އީރާނުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އެމެރިކާގެ ދެ މަތިންދާބޯޓަކަށް ގެއްލުންވެ، އެ ތަކެތި ދޫކޮށްލުމަށްފަހު ވަނީ ގޮއްވާލާފައެވެ. އޭބީސީ ނިއުސް އިން ބުނާ ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މި މިޝަންގައި އެމެރިކާ ސިފައިން ވަނީ އެމީހުންގެ އަމިއްލަ ދެ އެމް.ސީ-130ޖޭ މަތިންދާބޯޓާއި ހަތަރު އެމް.އެޗް-6 ހެލިކޮޕްޓަރު ގަސްތުގައި ހަލާކުކޮށްލާފައެވެ. 🇮🇷🇦🇪 - އީރާން އަދި ޔޫ.އޭ.އީ: އީރާނުން ދިން މިސައިލް އަ

haqqubooks
Apr 62 min read


4 އޭޕްރީލް، އީރާނު ހަނގުރާމައިގެ ޚުލާސާ / 36 ވަނަ ދުވަސް:
🇺🇸🇮🇷🇴🇲 - ކަނޑުއޮޅި ބަންދުކުރުން:އީރާނުން ހޯރްމޫޒް ކަނޑުއޮޅި ގާތް މުސްތަގުބަލެއްގައި އަލުން ހުޅުވާލާނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. 🇮🇷🇮🇱 - ޕެޓްރޯކެމިކަލް މަރުކަޒަށް ހަމަލާދިނުން:އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަންދަރު-އި މަހްޝަހްރުގައި ހުންނަ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަކަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 🇱🇧🇮🇱 - އިސްރާއީލް ސިފައިންގެ މަރު:ލުބުނާނުގައި ހަރަކާތްތެރިވާ ހި

haqqubooks
Apr 51 min read


3 އޭޕްރީލް، އީރާނު ހަނގުރާމަ / 35 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇰🇼 - ކުވެއިތުގެ ތެޔޮ ސާފުކުރާ މަރުކަޒަށް ހަމަލާދިނުން:އީރާނުން ކުވެއިތުގެ މިނާ އަލް-އަހްމަދީ ރިފައިނަރީއަށް ހަމަލާދީފިއެވެ. މި ހަމަލާއާ ގުޅިގެން އެތަނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 🇱🇧🇮🇱 - އިސްރާއީލް އަސްކަރިއްޔާގެ ބަޔާން:އިސްރާއީލް އަސްކަރިއްޔާ (އައި.ޑީ.އެފް) އިން ބުނި ގޮތުގައި، މި މަރުހަލާގައި ލުބުނާނުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ މަގުސަދަކީ ހިޒްބުاللهގެ ހަތިޔާރު އެޅި ބާރުތައް އުވާލު

haqqubooks
Apr 42 min read


2 އޭޕްރީލް، އީރާން ހަނގުރާމަ / 34 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇶 - އެމެރިކާ އަދި އިރާގު: ކުރިއަށް އޮތް 24 ނުވަތަ 48 ގަޑިއިރު ތެރޭގައި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބަޣުދާދުގެ މެދުތެރޭގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމަށް ބަލައި، އެމެރިކާއިން ވަނީ އިރާގަށް ދަތުރުކުރުމުގައި އެންމެ މަތީ ދަރަޖައިގެ (ލެވެލް 4) އިންޒާރު ނެރެފައެވެ. 🇨🇳🇺🇸🇮🇷 - ޗައިނާ، އެމެރިކާ އަދި އީރާން: މެދުއިރުމަތީގައި ވަގުތުން ސުލްހަ ގާއިމުކުރުމަށް ޗައިނާއިން ގޮވާލައިފިއެވެ. އަދި ހޯރްމޫޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވި އަސްލު ސަބަބަކ

haqqubooks
Apr 32 min read


1 އޭޕްރީލް، އީރާން ހަނގުރާމަ / 33 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިޒްރޭލުގެ މެދުތެރޭގެ ސަރަހައްދުތަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި 14 މީހަކު ވަނީ ޒަޚަމްވެފައެވެ. 🇬🇧🇮🇶 - އިނގިރޭސިވިލާތް އަދި އިރާގު: އިރާގުގެ ކުރުދިސްތާނުގެ އަރުބީލްގައި ހުންނަ އިނގިރޭސި ކާސްޓްރޯލް ތެޔޮ ގުދަންތަކަށް ޑްރޯން ހަމަލާއެއްދީ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: މިއަދު ހެނދުނު އެކަނިވެސް އީރާނުން އިޒްރޭލަށް އަމާޒުކޮށް 9 މިސަ

haqqubooks
Apr 22 min read


31 މާރިޗު،އީރާނު ހަނގުރާމައިގެ ޚުލާސާ / 32 ވަނަ ދުވަސް:
🇱🇧🇮🇱 - ލުބުނާނުގެ ދެކުނުގައި އޮންނަ ބިންތު ޖުބައިލް ސަރަހައްދުގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އިސްރާއީލު ސިފައިން ދަނީ ބިންތު ޖުބައިލް ވަށާލުމަށް މަސައްކަތް ކުރަމުންނެވެ. އައިނާތާގެ އުތުރަށް ކުރިއެރުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ސިފައިން މިހާރު ވަނީ އައިތަރޫންގެ އުތުރުގައި އޮންނަ ފުޓުބޯޅަ ދަނޑާ ހަމައަށް ފަހަތަށް ޖެހިފައެވެ. އަދި ޔާރޫންގެ ހުޅަނގުގައި ވެސް ވަރުގަދަ ހަމަލާ ބަދަލުކުރުންތަކ

haqqubooks
Apr 12 min read


30 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 31 ވަނަ ދުވަސް:
🇱🇧🇮🇱 - ރޭ ހިޒްބުالله އާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ 6 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ހާމަކޮއްފައިވެއެވެ. 🇮🇷🇮🇱 - އިސްރާއީލުގެ ހައިފާ ސިޓީއަށާއި އެ ސިޓީގެ ވަށައިގެންވާ ރަށްތަކަށް އީރާނުން ދިން ހަމަލާތަކުގެ ތެރެއިން ޖުމްލަ 6 ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ހައިފާ ބަނދަރަށާއި، ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާގެ ތެޔޮ ރައްކާކުރާ ޓޭންކަކަށެވެ. 🇺🇸🇮🇷 - އެކްސިއޯސްއިން ރިޕ

haqqubooks
Mar 312 min read


29 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 30 ވަނަ ދުވަސް:
🇺🇸🇮🇷 - އީރާނުގެ ޔުނިވަރސިޓީތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރިކުރުމަށް އެމެރިކާއަށް މާރިޗު 30 ގެ މެންދުރު 12:00 އާ ހަމައަށް (ތެހެރާން ގަޑިން) އީރާނުން މުހުލަތެއް ދީފިއެވެ. މި މުހުލަތުގައި އެކަން ނުކޮށްފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އެކި ޔުނިވަރސިޓީތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. 🇺🇸🇮🇷🇷🇺 - ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހާމަކުރި ގޮތުގައި، އީރާނު ހަނގުރާމަ މިހާރު އޮތް ހާލަތަށް ބަލާއިރު، ޓްރަމްޕްގެ "ޞުލްޙައިގެ މަޖިލީހު

haqqubooks
Mar 302 min read


28 މާރިޗު، އީރާނު ހަނގުރާމަ / 29 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇹🇭 - ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން:ހޯރްމޫޒް ކަނޑުއޮޅިން ތައިލެންޑުގެ އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ތައިލެންޑުން އީރާނާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. 🇱🇧🇮🇱 - އިސްރާއީލު ސިފައިން ޒަޚަމްވުން:ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިޒްބުالله އާއެކު ހިނގި ކުރިމަތިލުންތަކުގައި، އިސްރާއީލް އަސްކަރިއްޔާގެ ނުވަ ސިފައިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އިސްރާއީލުން ހާމަކޮށްފިއެވެ. 🇺🇸🇾🇪🇮🇱 - ހޫތީން ހަނގުރާމައިގައި ބައިވެރ

haqqubooks
Mar 292 min read


27 މާރިޗު، އީރާނު ހަނގުރާމަ / 28 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇰🇼 - ކުވެއިތުގެ ބަނދަރުތަކަށް ހަމަލާދިނުން:ކުވެއިތުގެ ޝުވައިޚް ބަނދަރަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް އަމާޒުވެ، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ. މީގެ އިތުރުން، ކުވެއިތުގެ މުބާރަކް އަލް-ކަބީރު ބަނދަރަށް އީރާނުން ފޮނުވާލި ހަމަލާތަކެއް އަރައި، އެ ތަނުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުންވެފައިވާ ކަމަށް މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްއިން ބުނެއެވެ. 🇺🇸 - އެފް.ބީ.އައި ޑިރެކްޓަރުގެ އީމެއިލް ހެކްކުރުން:އެފް.ބީ.އަ

haqqubooks
Mar 281 min read








































