ނަފްސުގެ ޠަބީޢަތާއި މިޒާޖު ޞައްޙަ ޢަމަލަކާ އެއްގޮތްވެ ދިމާވުން
ނަފްސުތަކުގައި ހުންނަ ޠަބީޢަތް ފަހަރެއްގައި ހެޔޮ ރަނގަޅު ޢަމަލުތަކަކާ ދިމާވެދާނެއެވެ. އޭރުން ނަފްސު އެޢަމަލުތަކަށް ވަރުގަދައަށް ލެނބެއެވެ. އެއީ ޠަބީޢަތް އެއަށް ލެނބޭތީ އަދި ހެޔޮ ޢަމަލަކަށްވެސްވާތީ ދެކަންތައް ޖަމަޢަވެގެންނެވެ. މިގޮތަށް ދިމާވުމަކީ ތައުފީޤުލިބި ރަޙުމަތެއް ލިބުންކަމުގައި ޞިފަކުރެވެއެވެ. ނަމަވެސް ބުއްދީގެ މައްޗަށްވަނީ އެހިނދުން ނަފްސާ ދެކޮޅަށް ގަދައަޅާ މަސައްކަތްކޮށް ޖިހާދުކުރުމެވެ. އެއީ ނަފްސު އެކުރާ ޢަމަލުގައި ތެދުވެރިވެ އިޚްލާޞްތެރިވެގެންވުމަށެވެ. އެނަފްސު އެޢަ

haqqubooks
Jan 42 min read


ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ.
🔥އިބްނުލް ޤައްޔިމު (751ހ) ވިދާޅުވިއެވެ: ”ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ. މިއީ ބައެއް ސަލަފުން ވިދާޅުވެފައިވާ މިބަސްފުޅުގެ މާނައެވެ: "އަޅާ ފާފައެއް ކޮށް، ދެން އޭގެ ސަބަބުން ސުވަރުގެ ވަދެއެވެ. އަދި ހެޔޮކަމެއް ކޮށް އޭގެ ސަބަބުން ނަރަކައަށް ވަދެއެވެ." އެމީހުން ބުންޏެވެ: "އެއީ ކިހިނެއްވާނޭ ކަމެއްތޯއެވެ؟" އެބޭކަލަކު ވިދާޅުވިއެވެ: "އޭނާ ފާފައެއްކޮށް، ދެން އެފާފަ އޭނާގެ ދެލޯ ދެމެދުގައި ފެންނަން ހުރުން މެދު ނ
--
Jan 32 min read


މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ!
💥 ޔަޙްޔާ ބްނު މުޢާޛު (258ހ) ވިދާޅުވިއެވެ: ”މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ! އެއާއެކު އޭނާއަށް ތިން ހެޔޮކަމެއް ލިބެއެވެ: ▫️ފުރަތަމައީ: ތައުބާވުމަށް އަވަސްވުމެވެ. ▫️ދެވަނައީ: ލިބުނު މަދު ރިޒްޤަކަށްވެސް ހިތްރުހި ފުދުންތެރިވުމެވެ. ▫️ތިންވަނައީ: އަޅުކަމުގައި މުރާލިވެ ހީވާގިވުމެވެ. ދުނިޔެއަށް ދަހިވެތިވެގެން އުޅޭ މީހާ ފަހެ، ﷲ އޭނާއަށް ލިޔުއްވާފައިވާ އެއްޗަކަށްވުރެ ވަކި ބޮޑަކަށް ނުކެވޭނެއެވެ. އަދި އެއާއެކު އޭނާއަށް ތިން ޢައިބެއް
--
Jan 21 min read


ރަޙިމްގެ ގުޅުން ދެމެހުއްޓުމަކީ ބަދަލަށް ބަދަލު ދިނުމެއް ނޫން
ރަޙިމްގެ ގުޅުން ދެމެހުއްޓުމުގެ ވާޖިބުކަމާއި، ގުޅުން ކަނޑާލާ މީހާގެ މައްޗަށް އައިސްފައިވާ ވަޢީދުގެ ބަސްތައް އެއީ ނުހަނު ގިނަވެގެންވާ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ޙަދީޘްގައިވެއެވެ: "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ." ކޮންމެ މީހެއްވެސް ރެޔާއި ދުވާލު މަސައްކަތް ކުރަނީ މުދަލާއި ރިޒްޤު އިތުރުކޮށް ހޯދާ، ޞިއްޙަތު ސަލާމަތުން ދުނިޔޭގައި ހުރެ ރަނގަޅު މަރަކުން މަރުވުމަށެވެ. އެކަމަކު އެ ކަމަށްވާ ސަބަބު ދޫކޮށްލާފައި ކިތަންމެ މަސައްކަތެއް ކުރިޔަ

haqqubooks
Jan 22 min read


ވީޑިއޯ/ އުއްމަތް ރުކުރުވާލި ބަޠަލެއް ތުއްތު ކުދިންގެ ހިތްތަކުގައިވާ އަބްޠާލެއް
🕊 ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ޝަހީދުވީ އަދު ދުނިޔޭގައި ތިބި މި އުއްމަތުގެ މީސްތަކުންގެ ހިތްތަކަށް އަސަރު ކުރުވާފަ.. އުއްމަތް އޮތް ބަލިކަށި ހާލުން އަރައިގަތުމަށް އެތައް ނަސޭހަތެއް ދެއްވާފަ.. އަބޫ އުބައިދާގެ ވަކިވެ ދިޔުން އަޅުގަނޑުމެންނަށް އަސަރު ކުރާއިރު މިއީ އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި ކޮޅަށް ތެދުވަންވީ ވަގުތެވެ އުއްމަތް އެކަތިގަނޑަކަވެ، ޝުހަދާ އަބޫ އުބައިދާ ދޫކުރެއްވި ނަސޭހަތުގައި ހިފަންވީއެވެ. ޔާﷲ އަބޫ އުބައިދާއަށް ޖަންނަތުލް ފިރްދާސް މިންވަރު ކުރައްވާށި އަދި
--
Jan 21 min read


ފަހެ ހެޔޮކަން ހޯދަން އުޅޭ ކޮންމެ މީހަކު އޭނާގެ ޒަމާނުގައި ބީރައްޓެއްސެއްކަމުގައި ވެގެންދެއެވެ.
♦️ސުފްޔާނުއް ޘައުރީ (161ހ) ގެ އަޚަކަށް ލިޔުއްވި ސިޓީއެއްގައިވެއެވެ: ”ފަހެ ހެޔޮކަން ހޯދަން އުޅޭ ކޮންމެ މީހަކު އޭނާގެ ޒަމާނުގައި ބީރައްޓެއްސެއްކަމުގައި ވެގެންދެއެވެ. ފަހެ ތިބާ އެކަނިވެރިކަމުގެ އިޙްސާސްވެ އުނދަގޫނުވާށެވެ! އަދި ތިބާގެ ވެރި ރައްބުގެ މަގުގައި ސީދާވެ ޤާއިމުވާށެވެ! އަދި އެހެން މީހުންގެ ޢައިބުތަކުގެ ވާހަކަތައް ދެއްކުމުގައި ބަދަލުގައި ތިބާގެ އަމިއްލަ ނަފްސުގައި ހުރި ޢައިބުތަކާއި އުނިކަންތަކުގެ ޛިކުރުކުރުމުގައި މަޝްޣޫލުވާށެވެ! އަދި ތިބާގެ އާޚިރަތް އެދި ހޯދުން ނޫންކަމެއް
--
Jan 21 min read


ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ: ”ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ. އެގޮތުން އެއިން ސުންނަތާ ދިމާވާނޭ، އަދި ބިދުޢައިން ސަލާމާތްވާނޭ ޙައްޤަކީ ކޮބައިކަން އެމީހުން ދަނެއެވެ. އަދި އެއިން ބޭރުވާ މީހުންނާމެދު ސުންނަތުގެ އަހުލުވެރިން ޢަދުލުވެރިވެއެވެ. އެއީ އެމީހުން ސުންނަތުގެ އަހުލުވެރިންނަށް އަނިޔާވެރިވިޔަސްމެއެވެ... އަދި އެމީހުން ޚަލްޤުތަކުންނަށް ރަޙުމްކުރެއެވެ.

haqqubooks
Jan 21 min read


ބައެއްމީހުންނަށް ހީވާކަހަލަ ޖިހާދުގެ މަޤްޞަދަކީ ހަމަ އެކަނި ކަނޑިބަޑި ހިފައިގެން ކާފަރުންތަކެއް ޤަތުލުކޮށް ބިންތައް ހިފީމަ އެނިމުނީކަމަށް!؟
އެބިންތަކުގައިވާ މުސްލިމުނަށް އަމާންކަން ކަށަވަރު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހެއެވެ. އެގޮތުން ބައެއްފަހަރު މުސްލިމުންނަށް...

haqqubooks
Dec 22, 20241 min read
ފިރިހެނުން ހަތަރެކެވެ!
🪴އަލްޚަލީލު ބްނު އަޙްމަދު އަލްފަރާހީދީ (170ހ) ވިދާޅުވިއެވެ: ”ފިރިހެނުން ހަތަރެކެވެ: ▪️ފުރަތަމައީ އެނގޭ މީހެކެވެ. އެކަމަކު އޭނާއަށް...

haqqubooks
Oct 10, 20241 min read


މީހަކު ދާވޫދު އައްޠާއީ (165ހ) ގެ އަރިހުން ވަޞިއްޔަތެއް ކުރެއްވުމަށް އެދުމުން ފެންކަޅިވެފައިވާ ޙާލު ވިދާޅުވިއެވެ:
”އޭ އަޚާއެވެ! ރެޔާއި ދުވާލު ވާކަންކަށަވަރީ ކަޑައްތުކޮށްލާ މަރްޙަލާތަކެއް ކަމުގައެވެ. މަރްޙަލާއަކުން މަރްޙަލާއެއް މީސްތަކުންގެ ގާތަށް...

haqqubooks
Oct 10, 20241 min read










































