އަހަރުމެން ތިބާއަށް މިގޮވާލަނީ ﷲ ގެ ފޮތަށް އައުމަށެވެ.“
🌴 ޞަޙާބީ ޖުންދުބު ބްނު ޢަބްދި ﷲ (≈70ހ) ގެ އަރިހަށް ވަތް ޚަވާރިޖުންގެ ބަޔަކު ވަދެ ބުނިކަމަށް ރިވާކުރެވުނެވެ: ”އަހަރުމެން ތިބާއަށް މިގޮވާލަނީ ﷲ ގެ ފޮތަށް އައުމަށެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ: ”ނާހަމަ ކަލޭމެންހެއްޔެވެ!؟“ އެމީހުން ބުންޏެވެ: ”އަހަރުމެންނެވެ.“ އަނެއްކާ އެކަލޭގެފާނު ވިދާޅުވިއެވެ: ”ހަމަ ކަލޭމެންހެއްޔެވެ!؟“ އެމީހުން ބުންޏެވެ: ”އަހަރުމެންނެވެ.“ ދެން ވިދާޅުވިއެވެ: ”އޭ ﷲ ގެ ޚަލްޤުތަކުންގެ ތެރެއިންވާ އެންމެ ނުބައި މީހުންނޭވެ! ކަލޭމެން ތިމަންބޭކަލުންނަށް ތަބަޢަވެގެން މަ
--
Feb 191 min read


”އަހަރުމެންގެ މައްޗަށް ޒަމާނެއް އައިސްފައި ދިޔައެވެ....
🔥އިބްނު ޢުމަރު (74ހ) ވިދާޅުވިކަމަށް ރިވާކުރެވެއެވެ: ”އަހަރުމެންގެ މައްޗަށް ޒަމާނެއް އައިސްފައި ދިޔައެވެ. އެޒަމާނުގައި އެއްވެސް މީހަކު އޭނާގެ އަމިއްލަ ދީނާރާއި ދިރުހަމަށް އޭނާގެ މުސްލިމް އަޚާއަށްވުރެ ވަކި ޙައްޤުވެގެން ނުވެއެވެ. (އެބަހީ: އޭނާގެ އަމިއްލަ މުދަލާއި ފައިސާގައި އޭނާގެ އަޚާއަށް އަތްނުލެވި އޭނާއަށް މާ ޙައްޤުކަމަށް ނުދެކެއެވެ.) އެއަށްފަހު މިހާރު މިވަނީ، ދީނާރާއި ދީނާރު އަހަރުމެންކުރެ މީހަކަށް އޭނާގެ މުސްލިމް އަޚާއަށްވުރެ ބޮޑަށް ލޮބުވެތިކަން ބޮޑު އެއްޗަކަށްވެފައިއެވެ.
--
Feb 191 min read


”ބުއްދިއަށް ނަފްސުތަކުން އަސަރުކުރުން ވަކިކޮށް އިޞްލާޙުކުރުން:
އިޞްލާޙުކުރަން އުޅޭ މީހާ، މީސްތަކުންގެ ކިބައިގައިވާ ގޯސްތައް އިޞްލާޙުކުރާހިނދު ވާޖިބުވެގެންވަނީ: އެމީހުންގެ ނަފްސުތައް ބުއްދިތަކުން ވަކިކޮށް އެއްކިބާކުރުމެވެ. އެއީ ނަފްސު ބުއްދީގެ މައްޗަށް (އެއްކޮށް) ވެރިވިޔަ ނުދިނުމަށެވެ. އެ ނަފްސަކީ އިންސާނާގެ މައްޗަށް އަނިޔާވެރި ވަރުގަދަ ނަފްސަކަށްވިޔަސް، އަދި ކުށްތަކާއި ޙަރާމްކަންކަން ކުރާ ޙާލު އެނަފްސުގެ އަނިޔާވެރިކަމުގައި ދެމިހުއްޓަސްމެއެވެ. ނަފްސު ބުއްދި ފަސާދަކޮށް ކިލަނބުކޮށްލުމުން ބުއްދި ސަލާމަތްވެގެންވާހާ ހިނދަކު އެހިނދުން ކަންކަން
--
Feb 152 min read


މައިންބަފައިންނާ މުޢާމަލާތްކުރުމުގައި ބެހެއްޓޭނެ 35 އަދަބެއް:
1) މައިންބަފައިންގެ ޙާޒިރުގައި އެމީހުންނަށް ސަމާލުކަމެއް ދިނުމެއްނެތި ފޯނާ ކުޅުން ދޫކޮށްލުން. 2) މައިންބަފައިން ދައްކާ ވާހަކަ ކަނުލާ އަޑުއެހުން. 3) އެމީހުން ފާޅުކުރާ ރައުޔު ބަލައިގަތުން. 4) މައިންބަފައިންގެ ވާހަކައަށް ރިއެކްޓުކޮށް ސަމާލުކަން ދިނުން. 5) ނިކަމެތިކަމާއެކު އެމީހުންނަށް ބެލުން. 6) މައިންބަފައިންނަށް ޘަނާކިޔާ، އެމީހުންގެ ރަނގަޅު ވާހަކަތައް އަބަދުވެސް ދެއްކުން. 7) އެމީހުން އުފާވާކަހަލަ ޚަބަރުތަކުގައި ބައިވެރިވުން. 8) އެމީހުންގެ ހުރި އުނި ޞިފަތަކާއި ނުބައި ކަންކަމުގެ
--
Feb 92 min read


”އެކަކަށްވުރެ ގިނަ މީހުންނާ އިނުމުގެ ޝަރުޠުތަކަކީ ކޮބާހެއްޔެވެ؟
ޤުރްއާނަށް ބަލާއިރު އެކަކަށްވުރެ ގިނަ މީހުންނާ އިންނަން އެންމެ ޝަރުޠެއް ނޫނީ ނުވެއެވެ. އަދި އެކަކަށްވުރެ ގިނަ މީހުންނާ އިނުން މަނާކުރާ އެންމެ ކަމެއް ނޫނީ ނުވެއެވެ. އެގޮތުން ޝަރުޠަކީ: ތިބާއަށް އެއަންހެނާ ކަމުގޮސް ހިތްރުހި ރަނގަޅުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَاۤءِ مَثۡنَىٰ وَثُلَـٰثَ وَرُبَـٰعَۖ (النساء: ٣) "އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހި ހިތާވާ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ ތިން މީހުންނާއެވެ. ނުވަތަ
--
Feb 92 min read


”އަންހެނާ ޝަރުޢީ ޢިލްމު އުނގެނެނީ ކާކަށްޓަކައި އަދި ކީއްވެހެއްޔެވެ؟
ޖަވާބަކީ: އޭނާ ޝަރުޢީ ޢިލްމު އުނގެނޭހުށީ ހެޔޮކަމެއްގެ ގޮތުގައި އަދި ﷲ އަށް ކިޔަމަންވުމުގެ ގޮތުންނެވެ. އެގޮތުން އޭގެ ޒާތުގައި އެކަމަކީ އަޅުކަމެއް އަދި ކުއްތަންވުމެކެވެ. 🔹ދެން އެއަށްފަހު އަންހެނާ ޢިލްމު އުނގެނުންވާހުށީ: ▪️ފުރަތަމަ ކަމަކަށް އޭނާގެ އަމިއްލަ ނަފްސާއި ﷲ އާ އޮންނަ ގުޅުން ރަނގަޅުކޮށް އިޞްލާޙުކުރުމަށްޓަކައިއެވެ. ▪️އެއަށްފަހު އޭނާގެ ވަށައިގެންވާ މީހުންނާއި، އޭނާގެ ގޭގެ މީހުންގެ ތެރެއިން އޭނާގެ ދަށުގައިވާ މީހުން އިޞްލާޙުކުރުމަށްޓަކައިއެވެ. ▪️ދެން އެއަށްފަހު އޭނާގެ ގާތަ

haqqubooks
Feb 72 min read


”މުހިއްމުކަމަކީ ތިބާއަށް ކުޅަދާނަވީ ގޮތަކަށް އިސްލާމްދީނަށް ޚިދުމަތްކުރުމެވެ. މުސްލިމްމީހާގެ މައްޗަށް އޮތް ވާޖިބަކީ މިއެވެ.
ޙަދީޘްގައިވަނީ: "ފަހަރެއްގައި ފިޤުހެއް އުފުލާ މީހާ ފިޤުހުވެރިއެއްކަމުގައި ނުވެދާނެއެވެ. އަދި ފަހަރެއްގައި ފިޤުހެއް އުފުލާ މީހާ އެއަށްވުރެ ފިޤުހުވެރި މީހަކަށް އެގެންގޮސްފާނެއެވެ." އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކަށް ކުޅަދާނަވީ ވަރަކަށް އިސްލާމްދީނަށް ޚިދުމަތްކުރާށެވެ. ޙަދީޘްގައި އައިސްފައިވަނީ: ﷲ ގެ މަގުގައި އެއްލޭ "އެންމެ ތީރެއްގެ ސަބަބުން ތިން މީހަކު ސުވަރުގެ ވަންނާނެއެވެ. އެ ތީރު ހެދި މީހާއާއި، އެ ތީރު ދިން މީހާއާއި، އެ އެއްލި މީހާއެވެ." އ
--
Jan 291 min read


”މަސައްކަތު މީހުން މަސައްކަތްކުރަން ބަހައްޓާފައި ތިބާ އެކަނި ނަމާދަށް ނުދާށެވެ.
ބައެއް މީހުން ގޭގައި ނުވަތަ އޮފީސް ތަނެއްގައި މަސައްކަތެއްކުރަން ބަޔަކު މީހުން ގެނެސްފައި، ދެން ނަމާދު ވަޤުތުވުމުން އެމީހުން އެތަނަކަށް ދޫކޮށްލާފައި އޭނާ އެކަނި ނަމާދަށް ދެއެވެ. މިއީ ޢާއްމު މުސްލިމުންނަށް ނަޞޭޙަތްތެރިވެ އިޚްލާޞްތެރިވުމާ ނުބައްދަލު ކެހިވެރިކަމެކެވެ. ޙަދީޘްގައިވަނީ ދީނަކީ ނަޞޭޙަތްތެރިވުންކަމެވެ. ކިއެއްތަ، މަސައްކަތް ހުއްޓުވާފައި އެމީހުންވެސް ތިބާއާއެކު ނަމާދަށް ގެންދާށެވެ. އެމީހުންނަކީ މަޖޫސީން ނުވަތަ ހިންދީން ނުވަތަ އެނޫންވެސް ދީނެއްގެ ބަޔަކު ނަމަ، ބަންގިއާއި
--
Jan 291 min read


އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ.
🌴 ޚާލިދު ބްނު މަޢުދާނު (103ހ) ވިދާޅުވިއެވެ: ”އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ. އެއީ އޭނާގެ ދުނިޔަވީ ދިރިއުޅުމުގެ ކަންކަން އެއިން ބެލުމަށް އޭނާގެ މޫނުގައިވާ ދެ ލޮލާއި، އާޚިރަތުގެ ކަންކަން އެއިން ބެލުމަށް އޭނާގެ ހިތުގައިވާ ދެ ލޮލެވެ. ދެންފަހެ ﷲ އަޅަކަށް ހެޔޮގޮތް މިންވަރުކުރައްވައިފިނަމަ އޭނާގެ ހިތުގައިވާ ދެ ލޯ ހުޅުވައެވެ. ދެން ﷲ ޣައިބުގައި ވަޢުދުވެވޮޑިގެންވާ ކަންކަން އޭނާ ދެކެއެވެ. އެ ދެލޮލަކީވެސް ޣައިބުކަމުގައިވާ ޙާލުގައެވެ. އެގޮތުން ޣައިބުން ޣައިބ
--
Jan 261 min read


”ނަފްސަށް ޢުޤޫބާތްދީގެން ބުއްދިއަށް އެހީވުން:
ނަފްސުގެ ޝަހުވަތްތަކުން އެއް ޝަހުވަތުގައި ޙައްދުފަހަނައަޅާ ދިޔުމުން އެހެން ޝަހުވަތްތަކުން އެނަފްސު މަޙުރޫމުކޮށްލުމަކީ، އެނަފްސު ހަމައަކަށް އަޅުވާ މަތަކުރުމަށް އެހީވެ، އަދި ނަފްސު ހަމަޖެއްސުމަށް ބުއްދިއަށް އެހީދޭނެ ކަމެކެވެ. މިގޮތަށް ވަޒަންކޮށް އަޅާކިޔުމަކީ: ނަފްސުތަކުގެ ޝަހުވަތްތަކުން އަންނާނޭ ނަތީޖާތައް އެނަފްސަށް ދައްކައިދިނުމަށްޓަކައި ބުއްދިވެރިން ޢުޤޫބާތްތައް ކަނޑައަޅާދޭ ކަންތަކެވެ. އެވަޤުތެއްގައި ޝަހުވަތު ބޮޑުވެ، އަދި ނަފްސުވެސް އެދުންވެރިކަން ބޮޑުވިވަރަކަށް އެނަފްސު މަތ
--
Jan 262 min read










































