ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން.
🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން. ދަންނާށެވެ! ހެޔޮ ޢަމަލުތައް ސިއްރުކޮށް ވަންހަނާކޮށްގެން އިޚްލާޞްތެރިކަމުގެ ފައިދާވުމާއި، ދެއްކުންތެރިކަމުން ނަޖާވުން ވެއެވެ. އަނެއްކޮޅުން ފާޅުކޮށްގެން އެހެން މީހުން ތަބަޢަވުމާއި، މީސްތަކުންނަށް ހެޔޮކަންތަކަށް ހިތްވަރުދިނުންވެއެވެ. ނަމަވެސް ދެއްކުންތެރިކަމުގެ އާފާތް އެކަމުގައިވެއެވެ. ހެޔޮ ޢަމަލުތައް ފާޅުކުރުންވަނީ ދެބަޔަކަށެވެ: ▪️އެއްކަމަކީ: ސީދާ އެ ޢަމަލު ފާޅުކުރުމެވ
--
Apr 273 min read


”ނަފްސުގައި ޝަހުވަތަކަށް ދެވިފައިވާ އަގުވަނީ އެޝަހުވަތް ޙާޞިލުކުރުމުގެ މަގު އުނދަގޫވެގެންވާ މިންވަރެއްގެ މައްޗަށެވެ:
ގިނަފަހަރު، ވަކި ޝަހުވަތެއް ހޯދޭނެ ގޮތް އުނދަގޫވެގެންވާނަމަ، އަދި އެޝަހުވަތެއް ފުދުން ދުރުވެގެންވާނަމަ, ހޯދުން ފަސޭހަ އަދި ނިމުން ކައިރީގައިވާ ޝަހުވަތަކަށްވުރެ ނަފްސު އޭގައި މާބޮޑަށް އެލިގެންވެއެވެ. އެއީ ކައިރީގައި ފަސޭހައިން ލިބެން އޮތް ޝަހުވަތުގެ ލައްޒަތާއި އަރާމު ބޮޑުވެގެންވިޔަސްމެއެވެ. އެހެނީ ނަފްސު ދެކެނީ ވަކި އެއްޗެއް ވުޖޫދުވުން ނާދިރުވެ އަދި އެހޯދުންވެސް އުނދަގޫވެގެންވުމަކީ އެ އެއްޗެއް އަގުބޮޑުވެގެންވާކަމަށްވާ ދަލީލެއްގެ ގޮތުގައިއެވެ. މިހެންވެ ތިމާގެ ގާތަށް ކުރިމަތިލައ
--
Apr 271 min read


ރަޝީދު އަލްޚައްބާޒު ކިޔާދެއްވިއެވެ:
”އަހަރެންގެ ސާހިބުމީހާއާއެކު މައްކާއަށް ދިޔުމަށް ނިކުތީމެވެ. އަދި އެއަހަރުގައި އަހަރުމެން މައްކާގައި ތިބީމެވެ. އަދި އެއަހަރު ސުފްޔާނުއް ޘައުރީ (161ހ) ވެސް މައްކާގައި ހުންނެވިއެވެ. އަދި އަހަރެންގެ ސާހިބުމީހާ ހަވީރު އެކަލޭގެފާނުގެ އަރިހަށް ގޮސް ވާހަކަދައްކާ އުޅެއެވެ. އަދި އަހަރެންވެސް އޭނާއާއެކުގައި ދަމެވެ. ދެން އެއްދުވަހަކު މީހަކު އައިސް ސުފްޔާނަށް ދަންނަވައިފިއެވެ: "އޭ އަބޫ ޢަބްދު ﷲ އެވެ! މިއަދު ޞާލިޙުގެ ދެ ދަރިންކަމުގައިވާ އަލްޙަސަނުއާއި ޢަލީ އަތުވެއްޖެއެވެ." ސުފްޔާނު ވިދާޅު
--
Apr 241 min read


ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރު ވަޤުތު:
▪️”އެންމެ ރާޖިޙު ގޮތަކީ: ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަސްވަރަކީ ޙައްޖު މަސްތަކުގައި ކަމެވެ. އަދި އެއިންވެސް މޮޅު އިތުރުވެގެންވަނީ ޛުލް ޤަޢިދާ މަހުގައެވެ.. އަދި އެންމެ ޞައްޙަ ބުނުމުގެ މައްޗަށް، އެމަހުގައި ކުރާ ޢުމްރާ، ރަމަޟާންމަހު ކުރާ ޢުމްރާއަށްވުރެވެސް ހެޔޮވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ޢުމްރާއެއް ކުރެއްވީވެސް އެދުވަސްވަރުގައެވެ.“ ▪️”ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ކުރެއްވިއެވެ. އެހުރިހާ ޢުމްރާއެއްވެސް ކުރެއްވީ
--
Apr 241 min read


”ކެއުމުގެ ޝަހުވަތް:
ކެއުމާއި ބުއިމުގެ ޝަހުވަތަކީ އިންސާނާ ދިރިހުރުމުގެ އަޞްލުކަމުގައިވުމާއެކުވެސް, އެއީ ބުއްދިއާއި ވިސްނުންހުރި މީހުންގެ ބުއްދިއަށް އަސަރުކުރުން އެންމެ ބަލިކަށި ޝަހުވަތެވެ. އެއީ ކެއުމާއި ބުއިން އެއީ ދިރިހުރުމުގެ އަޞްލާ ގުޅިފައިވާ ކަމަކަށްވުމުންނެވެ. ނަފްސު ޝައުޤުވެރިވާނީ އެނަފްސު ދިރިހުރުމުގެ އިތުރަށް އަންނަ ކަންކަމުގައި އެލޭށެވެ. އިންސާނާ ދިރިހުރުން ޙައްޤުކޮށްދޭ ޝަހުވަތްތަކަކީ އެއަށްވުރެ އިތުރަށް އަންނަ ލައްޒަތްތަކާއި ދިރިއުޅުން ފުރިހަމަކޮށްދޭ އެހެން މޮޅުތަކާއި އަރާމުތަކުގެ ޝަހު
--
Apr 241 min read


ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ.
”ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ. ޙަސަދަވެރިކަން ލައިގަނެފައިވާ ނަފްސަށް އޭގެ ސަބަބުން މީސްތަކުންގެ ޢައިބުތައް ހޯދައިގަންނަން ދުރު ވިސްނުމަކާއި ފެނުމެއް ދެއެވެ. ޖާހަށް އޮންނަ ލޯބި، ޙަސަދަވެރިކަން ފަޅުވައެވެ. އަދި ޙަސަދަވެރިކަމުން، މީސްތަކުންގެ ޢައިބުތަކާއި އުނި ސިފަތައް ހޯދާބެލުމުގެ ޞިފަ ފަޅުވައެވެ. އެއީ އަޙްމަދު ވިދާޅުވި ގޮތަށެވެ: "ރިޔާސަތަށް ލޯބިކޮށްފި މީހާ؛ މީހުންގެ ޢައިބުތައް ހޯދަން އުޅޭނެތެވެ." އެހެންގޮސް ހެޔޮ
--
Apr 212 min read


”ޖާހާއި ބޮޑާކަމާއި ޙަސަދަވެރިކަން:
ޖާހާއި މަޤާމެއް ލިބިގެންވުމަށް ލޯބިކުރުމުގެ އިމްތިޙާނު ޖެހިގެންވާ މީހާ, ދެ ޠަބީޢަތަކުން އިމްތިޙާނު ކުރެވެއެވެ. މި ދެ ޠަބީޢަތު ހެދިބޮޑުވެގެން އަންނަނީ، އަދި އެފަސްގަނޑަކުން ފަޅައިގެން އަންނަނީ ޖާހަށް ލޯބިކުރުމުގެ މަތީގައިއެވެ. ފުރަތަމައީ: ޙަސަދަވެރިކަމެވެ. ދެވަނައީ: ކިބުރުވެރިކަމެވެ. ޖާހާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަން، މި ތިންކަމަކީ މަގުފުރެދުމާއި އަނިޔާވެރިކަން (އޭގެ މަތީގައި ހަރުލާ ޘާބިތުވާ އުނދުނުގެ) ތިން ހިލައެވެ. ޙަސަދަވެރިކަމަށް ބަލާއިރު: އެހެނީ އެމީހަކާމެދު ޙަސަދަވެ
--
Apr 201 min read


ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ.
🌴 ރަޖާއު ބްނު ޙައިވާ (112ހ) ، ޚަލީފާ ޢުމަރު ބްނު ޢަބްދުލް ޢަޒީޒު (101ހ) ގެ ދަރިކަލުންނަށް ވިދާޅުވިއެވެ: ”ތިބާގެ ބައްޕައަށްވުރެ ބުއްދިއާއި ވިސްނުން ފުރިހަމަ މީހެއް އަހަރެން ނުދެކެމެވެ. އެއް ރެޔަކު އަހަރެން އެކަލޭގެފާނާއެކު ރޭދަންވަންދެން ވާހަކަދައްކަން އިނީމެވެ. ދެން ފުޅިބައްތި ނިވެންފެށިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ ރަޖާއުއެވެ! ބައްތި މިހިރަ ނިވުނީއެވެ." އޭރު އަހަރުމެންނާ ޖެހިގެން އެކަލޭގެފާނުގެ އަޅުކުއްޖެއް ނިދާފައި އޮތެވެ. ދެން އަހަރެން ބުނެފީމެވެ: "މިކުއްޖާ...
--
Apr 171 min read


އަމިއްލަ ނަފްސު މޮޅުކޮށް ރަނގަޅުކުރުމުން ދުރުވެ ހިތްތިރިކުރުން:
ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ވިދާޅުވިއެވެ: ”ތިބާއަށް ވުރެ ދޮށި މީހަކު ފެނިއްޖެނަމަ ބުނާށެވެ: "މީނާ އީމާންކަމާއި ޞާލިޙު ޢަމަލުގައި އަހަރެންނަށްވުރެ ކުރިއަރާދިޔައެވެ. މީނާ އަހަރެންނަށްވުރެ ހެޔޮވެގެންވެއެވެ." ތިބާއަށްވުރެ ހަގު މީހަކު ފެނިއްޖެނަމަ ބުނާށެވެ: "އަހަރެންވަނީ ފާފަތަކާއި އުރެދުންތަކަށް އޭނާއަށްވުރެ ކުރިއަރާ ގޮސްފައިއެވެ. އެހެންވީމާ އޭނާ އަހަރެންނަށްވުރެ މާ ރަނގަޅެވެ." ފަހެ ތިބާއަށްވުރެ ބޮޑު ނުވަތަ ކުޑަ މީހެއް ނޫނީ މީހަކު ނުފެންނާނެއެވެ. އަދި ތިބާގެ އަޚުންނާއި
--
Apr 131 min read


”މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުމުގައި ޖާހުގެ ޝަހުވަތް ނިވާވެ ފޮރުވުން:
ޖާހަށް އޮންނަ ޝަހުވަތަކީ ފައިސާގެ ޝަހުވަތާ އެއްފަދަ އެއްޗެއް ނޫނެވެ. އެހެނީ މުދަލާއި ފައިސާގެ ޝަހުވަތަކީ ފާޅުކޮށްވާ އެއްޗެކެވެ. ޖާހާއި މަޤާމުގެ ޝަހުވަތަކީ ފޮރުވިގެންވާ އެއްޗެކެވެ. އަދި މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުން އެއާ އެކުގައިވެއްޖެނަމަ އަދި އެއަށްވުރެވެސް ޖާހުގެ ޝަހުވަތް ވަންހަނާވުން ބޮޑެވެ. އެގޮތުން ޖާހުގެ ޝަހުވަތް ފޮރުވާ ވަންހަނާކުރުމަށްޓަކައިވާ ވަސީލަތެއްކަމުގައި މުދަލަށް ޒުހުދުވެރިވުން ހަދައެވެ. މުދަލާއި ފައިސާގެ ޝަހުވަތް ދޫކޮށްލައިގެން، ޖާހުގެ ޝަހުވަތް ވަންހަނާ

haqqubooks
Apr 112 min read










































