އަފްޣާނިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ސޫރިޔާއިން ތައުޒިޔާ ފޮނުވައިފި
އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ތައުޒިޔާ ފޮނުވައި، އެފަރާތްތަކުގެ ހިތާމައިގައި ބައިވެރިވެއްޖެއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނުގައި، މި ގުދުރަތީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ސޫރިޔާ އޮތީ އަފްޣާން ސަރުކާރާއި ރައްޔިތުންނާއެކުކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި އެ ވުޒާރާއިން ހެޔޮދުއާ

haqqubooks
Jan 41 min read


އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ވާހަކަދެއްކެވި ދީނީ އިލްމުވެރިއަކު ސޯމާލީލޭންޑުން ހައްޔަރުކޮށްފި
އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކެވި ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް މުޙައްމަދު ވަލީ އަބްދުއްރަޝީދު، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ. އިއްޔެގެ ހުކުރު ނަމާދުގެ ތެރޭގައި ޝައިޚް، އިސްރާއީލާއެކު އެއްބަސްވުމުގައި ސޮއިނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ އެއްބަސްވުމަކީ އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ކަމެއްކަން ޝައިޚް ފާހަގަ ކުރެވިއެވެ. ހުކުރު ޚުޠުބާގައި ޝައިޚް ވަނީ، މީގެ ކުރިން އާންމުންނަށް ސިއްރުކުރެވިފައިވާ، އ

haqqubooks
Jan 31 min read


އިސްރާއީލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ފާއިތުވި 15 އަހަރު ތެރޭގައި ނުދާވަރަށް މައްޗަށް ގޮސްފި
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ހާއާރެޓްޒް" އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔައީ 2025 ވަނަ އަހަރުއެވެ. މި ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ތެރޭގައި ޖުމްލަ 22 ސިފައިން ވަނީ އަމިއްލައަށް މަރުވެފައެވެ. މިއީ 2010 ވަނަ އަހަރަށްފަހު މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި އަދަދުތައް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ 2023 ވަނަ އަހަރު

haqqubooks
Jan 31 min read


މުހިންމު އެންމެ ފަހުގެ މައުލޫމާތު: މަދޫރޯއާއި އޭނާގެ އާއިލާ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފި ކަމަށް ޓްރަމްޕް ބުނެފި
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން، އެ ގައުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް، ވެނެޒުއޭލާއިން ބޭރަށް ގެންގޮސްފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދީފިއެވެ. "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން ވެނެޒުއޭލާއަށް ދެމުންދާ ހަމަލާތައް ކަށަވަރުކޮށްދެއްވައި، މަދޫރޯ ހައްޔަރުކުރީ އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ނެރެފައިވާ އަމުރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަ

haqqubooks
Jan 31 min read


ވެނެޒުއޭލާއަށް ދެމުންދާ ހަމަލާތައް ފަލަސްތީނުގެ ޕޮޕިއުލަރ ފްރަންޓުން ކުށްވެރިކޮށްފި
ވެނެޒުއޭލާގެ ބޮލިވޭރިއަން ރިޕަބްލިކާ ދެކޮޅަށް އެމެރިކާގެ އިސްތިއުމާރީ ބާރުތަކުން ދެމުންދާ ރަހުމުކުޑަ ހަމަލާތައް، ޕޮޕިއުލަރ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީން (ޕީ.އެފް.އެލް.ޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޖަމާއަތުން ސިފަކުރި ގޮތުގައި މިއީ މިނިވަން ދައުލަތްތަކަށް އަމާޒުކޮށްގެން އެމެރިކާއިން ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތަކުގެ އައު ބާބެކެވެ. ވެނެޒުއޭލާގެ ވެރިކަމާއި، ސަރުކާރާއި އަދި ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރަމުން ޕީ.އެފް.އެލ

haqqubooks
Jan 31 min read


ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ.
🔥އިބްނުލް ޤައްޔިމު (751ހ) ވިދާޅުވިއެވެ: ”ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ. މިއީ ބައެއް ސަލަފުން ވިދާޅުވެފައިވާ މިބަސްފުޅުގެ މާނައެވެ: "އަޅާ ފާފައެއް ކޮށް، ދެން އޭގެ ސަބަބުން ސުވަރުގެ ވަދެއެވެ. އަދި ހެޔޮކަމެއް ކޮށް އޭގެ ސަބަބުން ނަރަކައަށް ވަދެއެވެ." އެމީހުން ބުންޏެވެ: "އެއީ ކިހިނެއްވާނޭ ކަމެއްތޯއެވެ؟" އެބޭކަލަކު ވިދާޅުވިއެވެ: "އޭނާ ފާފައެއްކޮށް، ދެން އެފާފަ އޭނާގެ ދެލޯ ދެމެދުގައި ފެންނަން ހުރުން މެދު ނ
--
Jan 32 min read


އަފްޣާނިސްތާނާއި އޮމާނުން މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ބާއްވައިފި
އަފްޣާނިސްތާނުގެ ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން މިނިސްޓަރު ހާމިދުﷲ އާޚުންޒާދާ، އޮމާންގެ ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ސައީދު ބިން ޙަމޫދު ބިން ސައީދު އަލް މާވަލީއާއި އެ ގައުމުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެ

haqqubooks
Jan 31 min read


ފަލަސްތީނުގެ މުޖާހިދީން ހަރަކާތުން ނެރުނު ބަޔާން
بسم الله الرحمن الرحيم ފަލަސްތީނުގެ ޣައްޒާ ކަރައިގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ގިނަ އަދަދެއްގެ އިންސާނީ އެހީދޭ ޖަމިއްޔާތަކުގެ މަސައްކަތްތައް ހުއްޓުވުމަށް ޞިހްޔޫނީ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިއީ އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު އިތުރަށް ވަރުގަދަކުރުމަށް އެޅި ނުރައްކާތެރި ފިޔަވަޅެކެވެ. މި އިޖުރާމީ ނިންމުމަކީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ކުޑަކުދިންނާއި، ބަލިމީހުންނާއި، ޒަ

haqqubooks
Jan 31 min read


ކުއްލި ޚަބަރު: އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރައިގަނެފި ކަމުގެ ރިޕޯޓްތައް
ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްއާއި އެ ގައުމުގެ މުހިންމު އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދުތަކަށް ބާރުގަދަ ގޮވުންތަކާއި ވައިގެ ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތަކާ ގުޅިގެން ވެރިރަށުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ. މީގެއިތުރުން، އެމެރިކާގެ "އޭ.އެޗް-64 އެޕާޗޭ" މަރުކާގެ ހަމަލާދޭ ހެލިކޮޕްޓަރުތަކާއި "ސީ.އެޗް-47 ޗިނޫކް" މަރުކާގެ މުދާ އުފުލާ ހެލިކޮޕްޓަރުތައް ކަރަކާސްގެ އުޑުމަތިން ދަތުރުކުރަނިކޮށް ފެނިފައިވާ

haqqubooks
Jan 31 min read


ސޫރިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފައިސާ ބަދަލުކުރުމުގެ އިޖުރާއަތްތައް ތަފްސީލުކޮށްދެއްވައިފި.
📌 އަޅުގަނޑުމެން މަސައްކަތްކޮށްފައިވަނީ ފައިސާ ބަދަލުކުރުމުގެ މަރުހަލާ ލުއިފަސޭހަ އަދި އިންތިޒާމުވެފައިވާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. 📌 ފައިސާ ބަދަލުކުރުމަށް 90 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. އަދި މި މުއްދަތު އިތުރުކުރަންޖެހޭތޯ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ކަނޑައަޅާނެއެވެ. 📌 މި މަރުހަލާގައި މައިގަނޑު ގޮތެއްގައި ބަދަލުކުރެވޭނީ 1000، 2000 އަދި 5000 ގެ ނޫޓުތަކެވެ. 📌 ބޭންކުތަކާއި މަނީ އެކްސްޗޭންޖް ފިހާރަތައް ހިމެނޭގޮތަށް، ފައިސާ ބަދަލުކޮށްދޭ 1500 މަރު

haqqubooks
Jan 21 min read








































