”ޢިލްމާއިއެކު ނަފްސަކީ ދެމިޔަލީ ޚަންޖަރެއް:
ޢިލްމަކީ ނަފްސުގެ އަމިއްލަ އެދުންތަކަށް ވާޞިލުވުން މަނާކުރާ ފަރުވާއަކަށްވާ ގޮތަށް، އަދި ސަވާރުވެގެން އިންނަ މީހާ އަސް ކޮންޓުރޯލުކޮށްގެން ގެންދާގޮތަށް ނަފްސު ކޮންޓުރޯލުކޮށް ގެންދާ ޤާއިދަކަށް ޢިލްމުވާ ގޮތަށް, ނަފްސު އެދި ބޭނުންވާ ކަންކަމަށް ވާޞިލުކޮށްދިނުމަށް އެނަފްސަށްހުރި ޚާދިމެއްކަމުގައިވެސް ޢިލްމު ވެދާނެއެވެ. އެގޮތުން ނަފްސާ ދިމާކޮށް، ކޮންޓުރޯލުކުރުމުގެ ބަދަލުގައި އޭރުން އެވަނީ ނަފްސު ބޭނުންވާ ކަންކަން ކޮށްދޭ ޚާދިމެއްކަމުގައިއެވެ. ނަފްސު ބޭނުންވާ ކަންކަމަށް ކުޅަދާނަކަމާއި..
--
Apr 292 min read


”ނަފްސުގައި ޝަހުވަތަކަށް ދެވިފައިވާ އަގުވަނީ އެޝަހުވަތް ޙާޞިލުކުރުމުގެ މަގު އުނދަގޫވެގެންވާ މިންވަރެއްގެ މައްޗަށެވެ:
ގިނަފަހަރު، ވަކި ޝަހުވަތެއް ހޯދޭނެ ގޮތް އުނދަގޫވެގެންވާނަމަ، އަދި އެޝަހުވަތެއް ފުދުން ދުރުވެގެންވާނަމަ, ހޯދުން ފަސޭހަ އަދި ނިމުން ކައިރީގައިވާ ޝަހުވަތަކަށްވުރެ ނަފްސު އޭގައި މާބޮޑަށް އެލިގެންވެއެވެ. އެއީ ކައިރީގައި ފަސޭހައިން ލިބެން އޮތް ޝަހުވަތުގެ ލައްޒަތާއި އަރާމު ބޮޑުވެގެންވިޔަސްމެއެވެ. އެހެނީ ނަފްސު ދެކެނީ ވަކި އެއްޗެއް ވުޖޫދުވުން ނާދިރުވެ އަދި އެހޯދުންވެސް އުނދަގޫވެގެންވުމަކީ އެ އެއްޗެއް އަގުބޮޑުވެގެންވާކަމަށްވާ ދަލީލެއްގެ ގޮތުގައިއެވެ. މިހެންވެ ތިމާގެ ގާތަށް ކުރިމަތިލައ
--
Apr 271 min read


ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރު ވަޤުތު:
▪️”އެންމެ ރާޖިޙު ގޮތަކީ: ޢުމްރާ އަދާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ދުވަސްވަރަކީ ޙައްޖު މަސްތަކުގައި ކަމެވެ. އަދި އެއިންވެސް މޮޅު އިތުރުވެގެންވަނީ ޛުލް ޤަޢިދާ މަހުގައެވެ.. އަދި އެންމެ ޞައްޙަ ބުނުމުގެ މައްޗަށް، އެމަހުގައި ކުރާ ޢުމްރާ، ރަމަޟާންމަހު ކުރާ ޢުމްރާއަށްވުރެވެސް ހެޔޮވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ޢުމްރާއެއް ކުރެއްވީވެސް އެދުވަސްވަރުގައެވެ.“ ▪️”ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ކުރެއްވިއެވެ. އެހުރިހާ ޢުމްރާއެއްވެސް ކުރެއްވީ
--
Apr 241 min read


”ކެއުމުގެ ޝަހުވަތް:
ކެއުމާއި ބުއިމުގެ ޝަހުވަތަކީ އިންސާނާ ދިރިހުރުމުގެ އަޞްލުކަމުގައިވުމާއެކުވެސް, އެއީ ބުއްދިއާއި ވިސްނުންހުރި މީހުންގެ ބުއްދިއަށް އަސަރުކުރުން އެންމެ ބަލިކަށި ޝަހުވަތެވެ. އެއީ ކެއުމާއި ބުއިން އެއީ ދިރިހުރުމުގެ އަޞްލާ ގުޅިފައިވާ ކަމަކަށްވުމުންނެވެ. ނަފްސު ޝައުޤުވެރިވާނީ އެނަފްސު ދިރިހުރުމުގެ އިތުރަށް އަންނަ ކަންކަމުގައި އެލޭށެވެ. އިންސާނާ ދިރިހުރުން ޙައްޤުކޮށްދޭ ޝަހުވަތްތަކަކީ އެއަށްވުރެ އިތުރަށް އަންނަ ލައްޒަތްތަކާއި ދިރިއުޅުން ފުރިހަމަކޮށްދޭ އެހެން މޮޅުތަކާއި އަރާމުތަކުގެ ޝަހު
--
Apr 241 min read


ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ.
”ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ. ޙަސަދަވެރިކަން ލައިގަނެފައިވާ ނަފްސަށް އޭގެ ސަބަބުން މީސްތަކުންގެ ޢައިބުތައް ހޯދައިގަންނަން ދުރު ވިސްނުމަކާއި ފެނުމެއް ދެއެވެ. ޖާހަށް އޮންނަ ލޯބި، ޙަސަދަވެރިކަން ފަޅުވައެވެ. އަދި ޙަސަދަވެރިކަމުން، މީސްތަކުންގެ ޢައިބުތަކާއި އުނި ސިފަތައް ހޯދާބެލުމުގެ ޞިފަ ފަޅުވައެވެ. އެއީ އަޙްމަދު ވިދާޅުވި ގޮތަށެވެ: "ރިޔާސަތަށް ލޯބިކޮށްފި މީހާ؛ މީހުންގެ ޢައިބުތައް ހޯދަން އުޅޭނެތެވެ." އެހެންގޮސް ހެޔޮ
--
Apr 212 min read


”ޖާހާއި ބޮޑާކަމާއި ޙަސަދަވެރިކަން:
ޖާހާއި މަޤާމެއް ލިބިގެންވުމަށް ލޯބިކުރުމުގެ އިމްތިޙާނު ޖެހިގެންވާ މީހާ, ދެ ޠަބީޢަތަކުން އިމްތިޙާނު ކުރެވެއެވެ. މި ދެ ޠަބީޢަތު ހެދިބޮޑުވެގެން އަންނަނީ، އަދި އެފަސްގަނޑަކުން ފަޅައިގެން އަންނަނީ ޖާހަށް ލޯބިކުރުމުގެ މަތީގައިއެވެ. ފުރަތަމައީ: ޙަސަދަވެރިކަމެވެ. ދެވަނައީ: ކިބުރުވެރިކަމެވެ. ޖާހާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަން، މި ތިންކަމަކީ މަގުފުރެދުމާއި އަނިޔާވެރިކަން (އޭގެ މަތީގައި ހަރުލާ ޘާބިތުވާ އުނދުނުގެ) ތިން ހިލައެވެ. ޙަސަދަވެރިކަމަށް ބަލާއިރު: އެހެނީ އެމީހަކާމެދު ޙަސަދަވެ
--
Apr 201 min read


”މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުމުގައި ޖާހުގެ ޝަހުވަތް ނިވާވެ ފޮރުވުން:
ޖާހަށް އޮންނަ ޝަހުވަތަކީ ފައިސާގެ ޝަހުވަތާ އެއްފަދަ އެއްޗެއް ނޫނެވެ. އެހެނީ މުދަލާއި ފައިސާގެ ޝަހުވަތަކީ ފާޅުކޮށްވާ އެއްޗެކެވެ. ޖާހާއި މަޤާމުގެ ޝަހުވަތަކީ ފޮރުވިގެންވާ އެއްޗެކެވެ. އަދި މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުން އެއާ އެކުގައިވެއްޖެނަމަ އަދި އެއަށްވުރެވެސް ޖާހުގެ ޝަހުވަތް ވަންހަނާވުން ބޮޑެވެ. އެގޮތުން ޖާހުގެ ޝަހުވަތް ފޮރުވާ ވަންހަނާކުރުމަށްޓަކައިވާ ވަސީލަތެއްކަމުގައި މުދަލަށް ޒުހުދުވެރިވުން ހަދައެވެ. މުދަލާއި ފައިސާގެ ޝަހުވަތް ދޫކޮށްލައިގެން، ޖާހުގެ ޝަހުވަތް ވަންހަނާ

haqqubooks
Apr 112 min read


”ޖާހެއް ހޯދުމަށްޓަކައި މުދަލާއި ފައިސާއަށް ޒުހުދުވެރިވުން:
ފަހަރެއްގައި މުދަލާއި ފައިސާއާ އެހޯދުމުގައި ނަފްސު ޒުހުދުވެރިވެދާނެއެވެ. އެހެނީ މުދަލާމެދު ޒުހުދުވެރިވާ ވަރަކަށް މީސްތަކުންގެ ގާތުގައި އެނަފްސު މަތިވެ އުފުލޭތަން ފެންނާތީއެވެ. އެހެންގޮސް ބައެއް ނަފްސުތައް މުޞީބާތްތައް ޖެހުމަށް ނުރުހޭ ބީދައިން, މުދަލާއި ފައިސާއަށްވެސް ނުރުހުންވާ ހިސާބަށް ދެއެވެ. އެތެރެފުށުން އެފައިސާއަކީ އިދިކީލަވާ އެއްޗެއްކަމުގައި ނަފްސުދެކެނީ އެނަފްސަށް ލިބިފައިވާ ޖާހަށްޓަކައިއެވެ. ކޮންމެހެން އެއީ (ނަފްސު މުދަލާއި ފައިސާއަށް ޒުހުދުވެރިވެގެން ލިބޭ ފުރިހަމަކަމ

haqqubooks
Feb 252 min read


”ބުއްދިއަށް ނަފްސުތަކުން އަސަރުކުރުން ވަކިކޮށް އިޞްލާޙުކުރުން:
އިޞްލާޙުކުރަން އުޅޭ މީހާ، މީސްތަކުންގެ ކިބައިގައިވާ ގޯސްތައް އިޞްލާޙުކުރާހިނދު ވާޖިބުވެގެންވަނީ: އެމީހުންގެ ނަފްސުތައް ބުއްދިތަކުން ވަކިކޮށް އެއްކިބާކުރުމެވެ. އެއީ ނަފްސު ބުއްދީގެ މައްޗަށް (އެއްކޮށް) ވެރިވިޔަ ނުދިނުމަށެވެ. އެ ނަފްސަކީ އިންސާނާގެ މައްޗަށް އަނިޔާވެރި ވަރުގަދަ ނަފްސަކަށްވިޔަސް، އަދި ކުށްތަކާއި ޙަރާމްކަންކަން ކުރާ ޙާލު އެނަފްސުގެ އަނިޔާވެރިކަމުގައި ދެމިހުއްޓަސްމެއެވެ. ނަފްސު ބުއްދި ފަސާދަކޮށް ކިލަނބުކޮށްލުމުން ބުއްދި ސަލާމަތްވެގެންވާހާ ހިނދަކު އެހިނދުން ކަންކަން
--
Feb 152 min read


”ނަފްސަށް ޢުޤޫބާތްދީގެން ބުއްދިއަށް އެހީވުން:
ނަފްސުގެ ޝަހުވަތްތަކުން އެއް ޝަހުވަތުގައި ޙައްދުފަހަނައަޅާ ދިޔުމުން އެހެން ޝަހުވަތްތަކުން އެނަފްސު މަޙުރޫމުކޮށްލުމަކީ، އެނަފްސު ހަމައަކަށް އަޅުވާ މަތަކުރުމަށް އެހީވެ، އަދި ނަފްސު ހަމަޖެއްސުމަށް ބުއްދިއަށް އެހީދޭނެ ކަމެކެވެ. މިގޮތަށް ވަޒަންކޮށް އަޅާކިޔުމަކީ: ނަފްސުތަކުގެ ޝަހުވަތްތަކުން އަންނާނޭ ނަތީޖާތައް އެނަފްސަށް ދައްކައިދިނުމަށްޓަކައި ބުއްދިވެރިން ޢުޤޫބާތްތައް ކަނޑައަޅާދޭ ކަންތަކެވެ. އެވަޤުތެއްގައި ޝަހުވަތު ބޮޑުވެ، އަދި ނަފްސުވެސް އެދުންވެރިކަން ބޮޑުވިވަރަކަށް އެނަފްސު މަތ
--
Jan 262 min read










































