އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ.
🌴 ޚާލިދު ބްނު މަޢުދާނު (103ހ) ވިދާޅުވިއެވެ: ”އެމީހަކަށް ހަތަރު ލޮލެއްވާ މީހަކު މެނުވީ އެކަކުވެސް ނުވެއެވެ. އެއީ އޭނާގެ ދުނިޔަވީ ދިރިއުޅުމުގެ ކަންކަން އެއިން ބެލުމަށް އޭނާގެ މޫނުގައިވާ ދެ ލޮލާއި، އާޚިރަތުގެ ކަންކަން އެއިން ބެލުމަށް އޭނާގެ ހިތުގައިވާ ދެ ލޮލެވެ. ދެންފަހެ ﷲ އަޅަކަށް ހެޔޮގޮތް މިންވަރުކުރައްވައިފިނަމަ އޭނާގެ ހިތުގައިވާ ދެ ލޯ ހުޅުވައެވެ. ދެން ﷲ ޣައިބުގައި ވަޢުދުވެވޮޑިގެންވާ ކަންކަން އޭނާ ދެކެއެވެ. އެ ދެލޮލަކީވެސް ޣައިބުކަމުގައިވާ ޙާލުގައެވެ. އެގޮތުން ޣައިބުން ޣައިބ
--
Jan 261 min read


”ނަފްސަށް ޢުޤޫބާތްދީގެން ބުއްދިއަށް އެހީވުން:
ނަފްސުގެ ޝަހުވަތްތަކުން އެއް ޝަހުވަތުގައި ޙައްދުފަހަނައަޅާ ދިޔުމުން އެހެން ޝަހުވަތްތަކުން އެނަފްސު މަޙުރޫމުކޮށްލުމަކީ، އެނަފްސު ހަމައަކަށް އަޅުވާ މަތަކުރުމަށް އެހީވެ، އަދި ނަފްސު ހަމަޖެއްސުމަށް ބުއްދިއަށް އެހީދޭނެ ކަމެކެވެ. މިގޮތަށް ވަޒަންކޮށް އަޅާކިޔުމަކީ: ނަފްސުތަކުގެ ޝަހުވަތްތަކުން އަންނާނޭ ނަތީޖާތައް އެނަފްސަށް ދައްކައިދިނުމަށްޓަކައި ބުއްދިވެރިން ޢުޤޫބާތްތައް ކަނޑައަޅާދޭ ކަންތަކެވެ. އެވަޤުތެއްގައި ޝަހުވަތު ބޮޑުވެ، އަދި ނަފްސުވެސް އެދުންވެރިކަން ބޮޑުވިވަރަކަށް އެނަފްސު މަތ
--
Jan 262 min read


މުއުމިނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ މާ ބޮޑުވެގެންވެއެވެ.
🍁 ޘާބިތު އަލްބުނާނިއްޔު (127ހ) ވިދާޅުވިއެވެ: ”މުއުމިނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ މާ ބޮޑުވެގެންވެއެވެ. ހަމަކަށަވަރުން މުއުމިނުއަޅާ، ރޭއަޅުކަންކުރުމަށާއި، ދުވާލު ރޯދަހިފުމަށާއި، އޭނާގެ މުދަލުން (ޞަދަޤާތް) ނެރުމަށް ނިޔަތްގަނެއެވެ. ދެން އެކަމަކު އޭނާގެ ނަފްސު އެކަމަށް ތަންނުދީފާނެއެވެ. ފަހެ އޭނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ ބޮޑުވެގެންވެއެވެ.“ 📖 ޙިލްޔަތުލް އައުލިޔާ 📖 🔹ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ: ”އެކަކަށްވުރެ ގިނަ ބޭކަލުން މިހެން ވިދާޅުވެފައިވެއ
--
Jan 192 min read


އަހަރެންގެ ފިރިމީހާއަކީ ގިނަގިނައިން ރޯދަ ހިފައި، ރޭއަޅުކަންކުރުން ދިގު މީހެކެވެ.
💥އަންހެނަކު އަލްޙަސަނުލް ބަޞްރީ (110ހ) ގެ އަރިހަށް އައިސް ދެންނެވިއެވެ: ”އޭ އަބޫ ސަޢީދެވެ! އެކަމަކު އަހަރެން އޭނާދެކެ ލޯތްބެއް ނުވެއެވެ. އެހެންވީމާ އޭނާގެ ކިބައިން ޚުލްޢުކޮށް ވަކިވާންވީހެއްޔެވެ؟“ އަލްޙަސަނު ވިދާޅުވިއެވެ: ”ނޫނެކެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "(ފިރިންގެ ކިބައިން) ނެއްޓި ނިގުޅިގަނެ ޚުލްޢުކުރާ އަންހެނުންނަކީ މުނާފިޤުންނެވެ." ދެން އެއަންހެނާ ދެންނެވިއެވެ: ”އަދި އެއްފަހަރު ކިޔާދެއްވާށެވެ!“ ދެން އެކަލޭގެފާނު އެޙަދީޘް ތަކުރާރު
--
Jan 161 min read


ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ.
ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ. އަދި ނަފްސުގެ ޠަބީޢަތްތަކުގައި ނުވާކަހަލަ ބާރަކާއި އަތްގަދަކުރުމަކާއި ވެރިވުމެއް ޝަހުވަތްތަކަށް ލިބިގެންވެއެވެ. އެގޮތުން ނަފްސު ޝަހުވަތެއްގައި ޖެހި އެދުންވެރިވާހިނދު ބުއްދި އަސީރުކޮށްލައެވެ. އަދި އެނަފްސުގެ އެދުންތައް ޙަޤީޤަތަކަށް ހެދުމަށް ބުއްދި ދަމާ ގެންދެއެވެ. ޝަހުވަތްތަކުން އަސީރުވެގެންވާ ނަފްސަށް ކިޔަނީ ފަޤީރު ނަފްސެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި...
--
Jan 131 min read


އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.
🍁 ރިވާކުރެވޭ ގޮތުގައި އައްޟައްޙާކު ބްނު މުޒާޙިމު (102ހ) ގެ އަރިހަށް ނަޞާރާއިންގެ މީހަކު ގޮސް އުޅުނެވެ. ދެން އެއްދުވަހަކު އޭނާ ބުނެފިއެވެ: ”އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.“ ދެން އައްޟައްޙާކު ވިދާޅުވިއެވެ: ”އެހެންވީމާ އިސްލާމްވާންވީ ނޫންހެއްޔެވެ؟“ އޭނާ ބުންޏެވެ: ”އަހަރެންނަށް އެކަން މަނާކުރަނީ ބަނގުރަލަށް އަހަރެން ކުރާ ލޯތްބެއްގެ ސަބަބުންނެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ: ”އެހެންވިއްޔާ އިސްލާމްވެފައި ދެން ބަނގުރާ ބޯށެވެ!“ ދެން އޭނާ އ
--
Jan 121 min read


ހޯދައިގަނެ އަށަގަންނަ ޠަބީޢަތްތައް
އެއީ އިންސާނާއާއެކު އުފަންނުވާ ޠަބީޢަތްތަކެވެ. އެކަމަކު އެޠަބީޢަތްތައް އަށަގަންނަނީއެވެ. މިސާލަކަށް: ކިބުރުވެރިކަމާއި ހިތްތިރިކަން، މަޑުމައިތިރިކަމާއި ހަރުކަށިކަން، ދީލަތިކަމާއި ދަހިވެތިކަމެވެ. އެފަދައިން ރަށްފުށު ހިސާބާއި ސަހަރާތަކުގައި އުޅޭ މީހާ ހަރުކަށިކަމާއި ވަރުގަދަކަމާއި، ހިތްހަރުކަމާއި ކައްޓަރުކަމުގެ ޠަބީޢަތް ޖެހެއެވެ. ސިޓީތަކާއި އަތިރިހިސާބުގައި އުޅޭ މީހުން އޭގެ އިދިކޮޅެވެ. އެގޮތުން އެއީ ޠަބީޢަތްތައް މަޑުކުރުވާ ކަމެކެވެ. އަދި ދީލަތިމީހުންނާއެކު އުޅޭ މީހާ ދީލަތިކަމުގެ
--
Jan 122 min read


އަޅާގެ މުދަލާއި ފައިސާގައި އޭނާ އަދާކުރަން ޖެހޭ ވަޒީފާތައް ބަޔާންކުރުން:
🧊 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: އަޅާގެ މުދަލާއި ފައިސާގައި އޭނާ އަދާކުރަން ޖެހޭ ވަޒީފާތައް ބަޔާންކުރުން: އަހަރުމެން ކުރިން ބަޔާންކުރި ފަދައިން ފައިސާގެ މިސާލަކީ އޭގައި ވިހަޔާއި ފަރުވާ ވާ ހަރުފައެއްގެ މިސާލެވެ. ފަރުވާހޯދަން ކުޅަދާނަ މީހާ އެހަރުފައިން ވިހައިގެ ފަރުވާ ނެރެއެވެ. ޖާހިލުމީހާ އެހަރުފަޔާ ބެހޭހިނދު އޭގެ ވިހައިން ޤަތުލުކޮށްލައެވެ. މުދަލާއި ފައިސާގެ ވިހައިން ސަލާމަތްވެވޭނީ ފަސް ވަޒީފާއަކަށް ރައްކާތެރިވެގެންނެވެ: 1️⃣ ފުރަތަމައީ: ފައިސާގެ މަޤްޞަދަކީ ކޮބައިކަން ދެނ
--
Jan 82 min read


އެންމެ ފިޔަވަޅަކާއެކު އެހުރިހާ ކަމެއް ނުވެސްވާފަދައެވެ...
🔹މުސްލިމެކެވެ. ދުނިޔޭގެ ހިތްދަތިކަމާއި ހިތާމަޔާއި އަނިޔާއާއި ކެކުޅުމާއި ބިރުވެރިކަމުގައި މުޅި ޢުމުރު ހޭދަކުރި މީހެކެވެ. ގާތްތިމާގެ މީހުންނާއި ލޯބިވާ މީހުން ފުލުފުލުން ކުރިމަތީގައި ޤަތުލުކުރެވި، މުޞީބާތަކަށް ފަހު މުޞީބާތެއް ލައިގަނެ، މަގުމަތިވެ، ނުރައްކާތެރި ބަލިތައް ހަށިގަނޑަށް ޖެހި އެނދުމަތިވެ، އަނިޔާވެރިންގެ ޝިކާރައަކަށްވެ ހައްޔަރުވެ ގުނަވަންތައް ބިންދާލެވިފައިވާ ޙާލު، އަރުން އެއްޗެއް ނުދިރެ، އެންމެން ބާކީކޮށްލާ، އެކަނިމާއެކަނި ހިތްދަތިކަމުގައި އޮވެ، ދިރިއުޅުމުގެ އެއްވެސް
--
Jan 82 min read


އިންސާނާ މީސްތަކުންނާ އޮންނާ ގުޅުމުގައި އޭނާގެ ނަފްސު ބެލެހެއްޓުން:
އިންސާނާގެ ނަފްސާ މީސްތަކުންނާ އޮންނަ ގުޅުން އޭނާގެ ބުއްދި ބޭނުންކޮށްގެން ރާވާ ހަމަޖައްސަން ޖެހެއެވެ. އެހެނީ އޭނާގެ އަމިއްލަ ނަފްސުގެ ޠަބީޢަތާއި ނަފްސު ލެނބޭ ކަންތައް އެންމެ ބޮޑަށް ދަންނަނީ އޭނާއެވެ. އެގޮތުން އެހެން އެއްޗަކުން އެނަފްސަށް އުނދަގޫ ނުޖައްސާ، އަދި އެނަފްސުން އެހެން މީހަކަށްވެސް އުނދަގޫ ނުޖައްސާހުއްޓެވެ. އެކަންވާނެ ގޮތަކީ: އޭނާ އެބަޔަކާ އެކުވެ މަސްހުނިވެ އުޅޭ ނުވަތަ އެކުވެރިވެ ނުވަތަ ބައިވެރިވެގެން އުޅޭ މީހުންގެ ނަފްސުތައް ދެނެގަނެ، އަދި އެމީހުންގެ ނަފްސުތަކާ އޭނާ
--
Jan 71 min read










































