މާރިޗު 8، އީރާނު ހަނގުރާމަ ނުވަވަނަ(9) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇷🇸🇦 - މާރިޗު 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާކަން ސެންޓްކޮމް އިން އިއުލާނުކޮށްފިއެވެ. މިއާއެކު މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ އަށަކަށް އަރާފައެވެ. 🇮🇷 - އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީގެ ދަރި، މުޖްތަބާ ޚާމަނާއީ ރަސްމީކޮށް އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް އައްޔަންކޮށްފިއެވެ. އޭނާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބެލެވޭއިރު،

haqqubooks
Mar 92 min read


މާރިޗު 7، އީރާނު ހަނގުރާމަ އަށްވަނަ ދުވަހުގެ ޚުލާޞާ
އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް މިހާރު ވަނީ މަދުވެފައެވެ. މިގޮތުން ކޮންމެ ހަމަލާގެ ބުރެއްގައި ފޮނުވާލަނީ 1 ނުވަތަ 2 ބެލިސްޓިކް މިސައިލެވެ. ނަމަވެސް، ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށްދާއިރު، މި ހަމަލާތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެލުގެ އިންފްރާސްޓްރަކްޗަރަށެވެ. ހަމައެއާއެކު، ލުބުނާނު ބޯޑަރު ކައިރިއަށާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޖަމާވެފައިވާ އިސްރާއީލް ސިފައިންނަށް ހިޒްބުﷲ އިން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ. ވޭތުވެދިޔަ

haqqubooks
Mar 81 min read


އިރާނު ހަނގުރާމަ 5 މާރިޗު، 6 ވަނަ ދުވަހުގެ ޚުލާސާ.
🇺🇸 - "އެމީހުން އެ ބޭކާރުކުރަނީ ވަގުތު. ޚާމަނާއީގެ ދަރިފުޅަކީ އެފަދަ މަގާމަކަށް އެކަށީގެންވާ ފެންވަރެއް ހުރި މީހެއް ނޫން. ވެނެޒުއޭލާގެ ޑެލްސީ [ރޮޑްރިގޭޒް] އާ މެދު އަމަލުކުރި ފަދައިން، އިރާނުގެ ވެރިޔަކު އައްޔަންކުރުމުގެ މަރުހަލާގައި އަހަރެންގެ ބައިވެރިވުން އޮންނަންވާނެ." އިރާނުގެ ދެން ހުންނާނެ އެންމެ މަތީ ވެރިޔާއާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރައީސް ޓްރަމްޕް ބުނީ. "ޚާމަނާއީގެ ދަރިފުޅަކީ އަހަންނަށް ގަބޫލުކުރެވޭނެ މީހެއް ނޫން. އަހަރެމެން ބޭނުންވަނީ އިރާނަށް އެއް

haqqubooks
Mar 62 min read


އީރާނު ހަނގުރާމަ: 5 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 4
🇦🇪🇶🇦🇧🇭🇰🇼🇸🇦 ޚަލީޖުގެ ޤައުމުތަކާއި އެމެރިކާ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ޔޫ.އޭ.އީ، ޤަޠަރު، ބަޙްރައިން، ކުވައިތު އަދި ސައުދީ އަރަބިއްޔާއިން ދަނީ އެކި މިންވަރަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ ޤައުމުތަކުން އިސްވެ ހަމަލާ ދިނުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭސްތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިތުރަށް ދިނުން ހިމެނެއެވެ. 🇶🇦 ޤަޠަރު: ޤަޠަރުގެ ރައުސް ލައްފާން ޕްލާންޓުން އެލް.އެން.ޖީ (LNG) އުފެ

haqqubooks
Mar 52 min read


އީރާނު ހަނގުރާމަ: 4 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 3
🇮🇷 އީރާނު: އީރާނުގެ "ލީޑަރޝިޕް އެކްސްޕަރޓްސް ކައުންސިލް" އިން، އެޤައުމުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ، އީރާނުގެ ދެން އަންނަން އޮތް އެންމެ މަތީ ވެރިޔާގެ މަޤާމަށް އިންތިޚާބުކޮށްފައިވާ ކަމަށް އީރާނުގެ އިދިކޮޅު މީޑިއާއެއް ކަމަށްވާ "އީރާން އިންޓަރނޭޝަނަލް" އިން ރިޕޯޓްކޮށްފިއެވެ. 🇺🇸 🇮🇶 🇮🇷 އެމެރިކާ / ޢިރާޤު / އީރާނު: ރައީސް ޓްރަމްޕް ކުރުދީ ލީޑަރުންނާއެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި، އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާނެ ފ

haqqubooks
Mar 43 min read


އީރާން ހަނގުރާމަ 3 ވަނަ ދުވަސް
🇺🇸🇮🇷🇮🇱 ދެ ފަރާތުން ވެސް ހަމަލާތައް ބަދަލުކުރުން ކުރިއަށް ގެންދާއިރު، އީރާނުން ބޭނުންކުރާ ބެލިސްޓިކް މިސައިލްތަކުގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް ވަނީ މަދުވެފައެވެ. ނަމަވެސް ޑްރޯން ހަމަލާތައް އަދިވެސް ހުރީ އެއް މިންވަރެއްގައެވެ. ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަށް ބަދަލެއް ނައި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދުވެލި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ އިތުރުވެފައެވެ. 🇮🇷🇮🇱 - ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލ

haqqubooks
Mar 32 min read


އީރާނު ހަނގުރާމަ - މާރިޗު 1 އާއި ވޭތުވެދިޔަ 24 ގަޑިއިރުގެ ޚުލާޞާ:
މުހިންމު ހާދިސާތައް: 🇺🇸🇮🇷🇰🇼- ކުވައިތުގައި އެމެރިކާގެ ތިން ސިފައިން މަރުވުން: އީރާނުން ދިން ޑްރޯން ހަމަލާތަކެއް ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ސަލާމަތީ ވަށައިގެންވާ ސަރަހައްދު ފޫއަޅުވާލައި، އެތެރެއަށް އެރުމުގެ ސަބަބުން އެމެރިކާގެ ތިން ސިފައިން ވަނީ މަރުވެފައެވެ. 🇱🇧🇮🇱- ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވަނުން: އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީ، ހިޒްބުﷲ އިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އަދި ސައިޕްރަސްގައި ހުންނ

haqqubooks
Mar 22 min read


ވޭތުވެދިޔަ 20 ގަޑިއިރުގެ ތެރޭގައި އެމެރިކާ-އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ޚުލާޞާ
ތިރީގައިވާ ހުރިހާ މަޢުލޫމާތަކީ ފެންނަން ހުރި ހެކިތަކުންނާއި އިތުބާރު ހުރި މަޞްދަރުތަކުން ކަށަވަރުކުރެވިފައިވާ މަޢުލޫމާތެވެ. އީރާނާއި ޢިރާގުގެ މިލިޝިޔާތަކުން ދިން ހަމަލާތައް: ޤަޠަރުގައި ހުންނަ އަލް-ޢުދައިދު ވައިގެ މަރުކަޒަށް ހަމަލާދިނުން. ބަޙްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް (ޏށާ ޞަހރަިނ) ހަމަލާދިނުން. ޔޫ.އޭ.އީގެ އަލް-ޛަފްރާ މަރުކަޒަށް ހަމަލާދިނުން. ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްޠާން މަރުކަޒަށް ހަމަލާދިނުން. ކުވައިތުގެ ޢަލީ އަލް-ސާލިމް މަރުކަޒަށް ހަމަލާދިނުނ

haqqubooks
Mar 11 min read


🇮🇱📄🇵🇸 ހިފާފައިވާ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ ރޭވުމެއް އިސްރާއީލުން ފާސްކޮށްފި
ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގެ މިލްކުވެރިކަން ސާބިތުކޮށްނުދެވޭ ހާލަތްތަކުގައި، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ "ދައުލަތުގެ މިލްކިއްޔާތު"ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ރޭވުމެއް އިސްރާއީލު ސަރުކާރުން ރަސްމީކޮށް ފާސްކޮށްފިއެވެ. މި ރޭވުމަކީ އިސްރާއީލުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި، ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އަދި ޖަސްޓިސް މިނިސްޓަރު ޔަރިން ލެވިން ގުޅިގެން ހުށަހަޅާފައިވާ ރޭވުމެކެވެ. ސްމޮޓްރިޗް މި ނިންމުން ސި

haqqubooks
Feb 181 min read


ޙަމާސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ޗައިނާގެ ރައްޔިތަކު އިސްޕެއިނުން ހައްޔަރުކޮށްފި
ބާސެލޯނާ ކައިރީގައި ބޯކޮށާ ސެލޫނެއް ހިންގާ އުމުރުން 38 އަހަރުގެ ޗައިނާ ރައްޔިތަކު، ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ޙަމާސް ޖަމާއަތަށް ގާތްގަނޑަކަށް 600,000 ޔޫރޯ (714,960 އެމެރިކާ ޑޮލަރު) ފޮނުވި ކަމުގެ ތުހުމަތުގައި އިސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ސަރަހައްދުގެ ފުލުހުން މިދިޔަ ހުކުރު ދުވަހުއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު މީހާގެ ބާރުގެ ދަށުގައިވާ ވޮލެޓްތަކުން ޙަމާސްއާ ގުޅުންހުރި ކަމަށް ބެލެވޭ އެކައުންޓުތ

haqqubooks
Jan 311 min read




































