އީރާނު ހަނގުރާމަ / މާރިޗު 10، އެގާރަވަނަ(11) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇷⚡️- "އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުން މިހާރު އެޖެންޑާގައި ނެތް." - އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ. 🇮🇷🇦🇪🇴🇲⚡️- ޔޫ.އޭ.އީގެ އަބޫދާބީގެ އުތުރުން ކަނޑުގެ އުޅަނދަކަށް ހަމަލާ އަމާޒުވެއްޖެއެވެ. 🇺🇸🇮🇷🇮🇱⚡️- އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާއިރު، އިސްރާއީލުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެޔޮ ރައްކާކުރާ ގުދަންތަކަށެވެ. 🇺🇸🇮🇷🇮🇱⚡️- އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ފެށުނު ފަހުން

haqqubooks
Mar 112 min read


މާރިޗު 9، އީރާނު ހަނގުރާމަ ދިހަވަނަ(10) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇶⚡️ - ޢިރާގުގެ ކުރުދިސްތާނުގައިވާ އަރްބީލް އެއާޕޯޓް ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. 🇮🇷🇧🇭⚡️ - އީރާނުން ބަޙްރައިންގެ ބަޕްކޯ (BAPCO) ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފިއެވެ. މި ހަމަލާއާ ގުޅިގެން އެ ކުންފުނިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. 🇺🇸🇺🇦⚡️ - ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ބުނި ގޮތުގައި، އީރާނުގެ ޑްރޯންތަކުން އެމެރިކާގެ މަރުކަޒުތައް ދިފާއުކުރ

haqqubooks
Mar 103 min read


އީރާން ހަނގުރާމަ / މާރިޗު 6، ހަތްވަނަ(7) ދުވަހުގެ ޚުލާސާ
🇺🇸🇮🇷🇮🇱 – 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ދެކުނުގައި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުތަކާއި އިރާގުގެ ޕީ.އެމް.އެފް (PMF) ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. 🇺🇸🇮🇶🇮🇷⚡️ – އެމެރިކާ، އިރާގު އަދި އީރާން: އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފައިވެއެވެ. 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ބަޞަރާގައި ހުންނަ އެމެރިކާގެ ލޮޖިސްޓިކް ކުންފުންޏެއް ކަމަށްވާ ކޭ.ބީ.އާރް (KBR) އަށް ޑްރޯން ހަމަލ

haqqubooks
Mar 72 min read


އީރާނު ހަނގުރާމަ: 5 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 4
🇦🇪🇶🇦🇧🇭🇰🇼🇸🇦 ޚަލީޖުގެ ޤައުމުތަކާއި އެމެރިކާ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ޔޫ.އޭ.އީ، ޤަޠަރު، ބަޙްރައިން، ކުވައިތު އަދި ސައުދީ އަރަބިއްޔާއިން ދަނީ އެކި މިންވަރަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ ޤައުމުތަކުން އިސްވެ ހަމަލާ ދިނުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭސްތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިތުރަށް ދިނުން ހިމެނެއެވެ. 🇶🇦 ޤަޠަރު: ޤަޠަރުގެ ރައުސް ލައްފާން ޕްލާންޓުން އެލް.އެން.ޖީ (LNG) އުފެ

haqqubooks
Mar 52 min read


އީރާން ހަނގުރާމަ 3 ވަނަ ދުވަސް
🇺🇸🇮🇷🇮🇱 ދެ ފަރާތުން ވެސް ހަމަލާތައް ބަދަލުކުރުން ކުރިއަށް ގެންދާއިރު، އީރާނުން ބޭނުންކުރާ ބެލިސްޓިކް މިސައިލްތަކުގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް ވަނީ މަދުވެފައެވެ. ނަމަވެސް ޑްރޯން ހަމަލާތައް އަދިވެސް ހުރީ އެއް މިންވަރެއްގައެވެ. ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަށް ބަދަލެއް ނައި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދުވެލި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ އިތުރުވެފައެވެ. 🇮🇷🇮🇱 - ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލ

haqqubooks
Mar 32 min read


އީރާނު ހަނގުރާމަ - މާރިޗު 1 އާއި ވޭތުވެދިޔަ 24 ގަޑިއިރުގެ ޚުލާޞާ:
މުހިންމު ހާދިސާތައް: 🇺🇸🇮🇷🇰🇼- ކުވައިތުގައި އެމެރިކާގެ ތިން ސިފައިން މަރުވުން: އީރާނުން ދިން ޑްރޯން ހަމަލާތަކެއް ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ސަލާމަތީ ވަށައިގެންވާ ސަރަހައްދު ފޫއަޅުވާލައި، އެތެރެއަށް އެރުމުގެ ސަބަބުން އެމެރިކާގެ ތިން ސިފައިން ވަނީ މަރުވެފައެވެ. 🇱🇧🇮🇱- ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވަނުން: އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީ، ހިޒްބުﷲ އިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އަދި ސައިޕްރަސްގައި ހުންނ

haqqubooks
Mar 22 min read


އިސްރާއީލުގެ ބަދަލުގައި ސޫރިޔާ މަގުން ފައިބަރ-އޮޕްޓިކް ކޭބަލް އެޅުމަށް ސައުދީ އަރަބިއްޔާއިން ބާރުއަޅަނީ
📌 ގްރީސް އިން ފެށިގެން ގަލްފުގެ ގައުމުތަކާ ހަމައަށް އަޅާ މުހިންމު ފައިބަރ-އޮޕްޓިކް ކޭބަލް، ސޫރިޔާގެ ސަރަހައްދު ހުރަސްކޮށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ މަގްސަދަކީ ދިމިޝްގަކީ ޑިޖިޓަލް މައުލޫމާތު ބަދަލުކުރުމުގެ މަރުކަޒަކަށް ހެދުމެވެ. 📌 މި މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، ރިޔާޟުން ދަނީ ސޫރިޔާގެ ފައިބަރ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް އިންވެސްޓް ކުރަމުންނެވެ. 📌 މި ހުށަހެޅުމުގެ ދަށުން، ކޭބަލް އަޅާނީ އިސްރާއީލުގެ ސަރަހައްދުތަކަށް ނުވ

haqqubooks
Feb 211 min read


އަލުން އަތުލައިގަތް ތެޔޮ ވަޅުތަކުން ތެޔޮ ނަގަން ފަށައިފި, ދުވާލަކު 100،000 ފީފާ ތެޔޮ އުފެއްދޭނެ ކަމަށް އުންމީދުކުރަނީ
ސޫރިޔާގެ ޕެޓްރޯލިއަމް ކުންފުނީގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި، ދައުލަތުގެ ބާރުގެ ދަށަށް އަލުން ގެނައި ތެޔޮ ވަޅުތަކުން ތެޔޮ ނެގުމުގެ މަސައްކަތް ފަންނީ ޓީމުތަކުން މިހާރު ވަނީ ފަށާފައެވެ. އަދި އެ ތެޔޮ ހުމްޞް އާއި ބާނިޔާސްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އުފުލުމުގެ މަސައްކަތް، އޮޕަރޭޝަންތައް އަލުން ފެށުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ދަނީ ކުރެވެމުންނެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު ދުވާލަކު ގާތް

haqqubooks
Jan 241 min read


ޖިބްސާ ގޭސް ދަނޑުތަކުގެ ކޮންޓްރޯލް ހޯދުމަށްފަހު، ކަރަންޓު އުފެއްދުމަށް ބޭނުންވާ ގޭސް ފޮނުވަން ފަށައިފި
ސޫރިޔާގެ ޕެޓްރޯލިއަމް ކުންފުނިން ޙަސަކާގައި ހުންނަ ޖިބްސާ ގޭސް ދަނޑުތަކުން ރޯ ގޭސް (raw gas) ހުމްޞްގެ ރަށްބޭރުގައިވާ ފަރުޤުލުސް ގޭސް ޕްލާންޓަށް ފޮނުވަން ފަށައިފިއެވެ. މިއީ ގައުމުގެ ކަރަންޓު އުފެއްދުމުގެ ނިޒާމަށް އެހީތެރިވުމަށްޓަކައި އެޅުނު ފިޔަވަޅެކެވެ. މި މަސައްކަތުގެ ދަށުން، ކޯނާ އަދި މަރްކަދާ ސްޓޭޝަންތައް މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް 1.2 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ފޯރުކޮށްދެވޭނެއެވެ. ސޫރިޔާގެ ޕެޓްރޯލިއަމް ކުންފުނިން މި މަސައްކަތް ފަށާފައިވަނީ، އެސް.ޑީ.އެފް (SDF

haqqubooks
Jan 241 min read


ރައްގާގައި ސޫރިޔާގެ ސެންޓްރަލް ބޭންކުގެ ގޮތްޕެއް ހުޅުވުމުގެ ތައްޔާރީތައް ފަށައިފި
ސޫރިޔާގެ ސެންޓްރަލް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ރައްގާ ސިޓީގެ އިގްތިސާދީ ހަރަކާތްތައް އަލުން އާލާކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، އެ ސިޓީގައި ބޭންކުގެ ގޮތްޕެއް ހުޅުވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ އެހެން ބޭންކުތަކުގެ ގޮފިތައް ވެސް އަލުން ހުޅުވުމަށް ހިތްވަރުދީ، ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ސެންޓްރަލް ބޭންކުން ވަނީ ރާވާފައެވެ. މިއީ އެ ސަރަހައްދުގެ ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިނ

haqqubooks
Jan 191 min read




































