މާރިޗު 8، އީރާނު ހަނގުރާމަ ނުވަވަނަ(9) ދުވަހުގެ ޚުލާޞާ:
🇺🇸🇮🇷🇸🇦 - މާރިޗު 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ދިން ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާކަން ސެންޓްކޮމް އިން އިއުލާނުކޮށްފިއެވެ. މިއާއެކު މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ އަށަކަށް އަރާފައެވެ. 🇮🇷 - އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީގެ ދަރި، މުޖްތަބާ ޚާމަނާއީ ރަސްމީކޮށް އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް އައްޔަންކޮށްފިއެވެ. އޭނާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބެލެވޭއިރު،

haqqubooks
Mar 92 min read


މާރިޗު 7، އީރާނު ހަނގުރާމަ އަށްވަނަ ދުވަހުގެ ޚުލާޞާ
އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް މިހާރު ވަނީ މަދުވެފައެވެ. މިގޮތުން ކޮންމެ ހަމަލާގެ ބުރެއްގައި ފޮނުވާލަނީ 1 ނުވަތަ 2 ބެލިސްޓިކް މިސައިލެވެ. ނަމަވެސް، ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށްދާއިރު، މި ހަމަލާތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެލުގެ އިންފްރާސްޓްރަކްޗަރަށެވެ. ހަމައެއާއެކު، ލުބުނާނު ބޯޑަރު ކައިރިއަށާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޖަމާވެފައިވާ އިސްރާއީލް ސިފައިންނަށް ހިޒްބުﷲ އިން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ. ވޭތުވެދިޔަ

haqqubooks
Mar 81 min read


އީރާން ހަނގުރާމަ / މާރިޗު 6، ހަތްވަނަ(7) ދުވަހުގެ ޚުލާސާ
🇺🇸🇮🇷🇮🇱 – 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ދެކުނުގައި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުތަކާއި އިރާގުގެ ޕީ.އެމް.އެފް (PMF) ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. 🇺🇸🇮🇶🇮🇷⚡️ – އެމެރިކާ، އިރާގު އަދި އީރާން: އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފައިވެއެވެ. 🇺🇸🇮🇶⚡️ – އެމެރިކާ އަދި އިރާގު: އިރާގުގެ ބަޞަރާގައި ހުންނަ އެމެރިކާގެ ލޮޖިސްޓިކް ކުންފުންޏެއް ކަމަށްވާ ކޭ.ބީ.އާރް (KBR) އަށް ޑްރޯން ހަމަލ

haqqubooks
Mar 72 min read


އިރާނު ހަނގުރާމަ 5 މާރިޗު، 6 ވަނަ ދުވަހުގެ ޚުލާސާ.
🇺🇸 - "އެމީހުން އެ ބޭކާރުކުރަނީ ވަގުތު. ޚާމަނާއީގެ ދަރިފުޅަކީ އެފަދަ މަގާމަކަށް އެކަށީގެންވާ ފެންވަރެއް ހުރި މީހެއް ނޫން. ވެނެޒުއޭލާގެ ޑެލްސީ [ރޮޑްރިގޭޒް] އާ މެދު އަމަލުކުރި ފަދައިން، އިރާނުގެ ވެރިޔަކު އައްޔަންކުރުމުގެ މަރުހަލާގައި އަހަރެންގެ ބައިވެރިވުން އޮންނަންވާނެ." އިރާނުގެ ދެން ހުންނާނެ އެންމެ މަތީ ވެރިޔާއާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރައީސް ޓްރަމްޕް ބުނީ. "ޚާމަނާއީގެ ދަރިފުޅަކީ އަހަންނަށް ގަބޫލުކުރެވޭނެ މީހެއް ނޫން. އަހަރެމެން ބޭނުންވަނީ އިރާނަށް އެއް

haqqubooks
Mar 62 min read


އީރާނު ހަނގުރާމަ: 5 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 4
🇦🇪🇶🇦🇧🇭🇰🇼🇸🇦 ޚަލީޖުގެ ޤައުމުތަކާއި އެމެރިކާ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ޔޫ.އޭ.އީ، ޤަޠަރު، ބަޙްރައިން، ކުވައިތު އަދި ސައުދީ އަރަބިއްޔާއިން ދަނީ އެކި މިންވަރަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ ޤައުމުތަކުން އިސްވެ ހަމަލާ ދިނުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭސްތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިތުރަށް ދިނުން ހިމެނެއެވެ. 🇶🇦 ޤަޠަރު: ޤަޠަރުގެ ރައުސް ލައްފާން ޕްލާންޓުން އެލް.އެން.ޖީ (LNG) އުފެ

haqqubooks
Mar 52 min read


އީރާނު ހަނގުރާމަ: 4 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 3
🇮🇷 އީރާނު: އީރާނުގެ "ލީޑަރޝިޕް އެކްސްޕަރޓްސް ކައުންސިލް" އިން، އެޤައުމުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ، އީރާނުގެ ދެން އަންނަން އޮތް އެންމެ މަތީ ވެރިޔާގެ މަޤާމަށް އިންތިޚާބުކޮށްފައިވާ ކަމަށް އީރާނުގެ އިދިކޮޅު މީޑިއާއެއް ކަމަށްވާ "އީރާން އިންޓަރނޭޝަނަލް" އިން ރިޕޯޓްކޮށްފިއެވެ. 🇺🇸 🇮🇶 🇮🇷 އެމެރިކާ / ޢިރާޤު / އީރާނު: ރައީސް ޓްރަމްޕް ކުރުދީ ލީޑަރުންނާއެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި، އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާނެ ފ

haqqubooks
Mar 43 min read


އީރާން ހަނގުރާމަ 3 ވަނަ ދުވަސް
🇺🇸🇮🇷🇮🇱 ދެ ފަރާތުން ވެސް ހަމަލާތައް ބަދަލުކުރުން ކުރިއަށް ގެންދާއިރު، އީރާނުން ބޭނުންކުރާ ބެލިސްޓިކް މިސައިލްތަކުގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް ވަނީ މަދުވެފައެވެ. ނަމަވެސް ޑްރޯން ހަމަލާތައް އަދިވެސް ހުރީ އެއް މިންވަރެއްގައެވެ. ގަލްފުގެ ޤައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަށް ބަދަލެއް ނައި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދުވެލި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ އިތުރުވެފައެވެ. 🇮🇷🇮🇱 - ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލ

haqqubooks
Mar 32 min read


އީރާނު ހަނގުރާމަ - މާރިޗު 1 އާއި ވޭތުވެދިޔަ 24 ގަޑިއިރުގެ ޚުލާޞާ:
މުހިންމު ހާދިސާތައް: 🇺🇸🇮🇷🇰🇼- ކުވައިތުގައި އެމެރިކާގެ ތިން ސިފައިން މަރުވުން: އީރާނުން ދިން ޑްރޯން ހަމަލާތަކެއް ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ސަލާމަތީ ވަށައިގެންވާ ސަރަހައްދު ފޫއަޅުވާލައި، އެތެރެއަށް އެރުމުގެ ސަބަބުން އެމެރިކާގެ ތިން ސިފައިން ވަނީ މަރުވެފައެވެ. 🇱🇧🇮🇱- ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ވަނުން: އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީ، ހިޒްބުﷲ އިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އަދި ސައިޕްރަސްގައި ހުންނ

haqqubooks
Mar 22 min read


އިސްރާއީލުގެ ބަދަލުގައި ސޫރިޔާ މަގުން ފައިބަރ-އޮޕްޓިކް ކޭބަލް އެޅުމަށް ސައުދީ އަރަބިއްޔާއިން ބާރުއަޅަނީ
📌 ގްރީސް އިން ފެށިގެން ގަލްފުގެ ގައުމުތަކާ ހަމައަށް އަޅާ މުހިންމު ފައިބަރ-އޮޕްޓިކް ކޭބަލް، ސޫރިޔާގެ ސަރަހައްދު ހުރަސްކޮށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ މަގްސަދަކީ ދިމިޝްގަކީ ޑިޖިޓަލް މައުލޫމާތު ބަދަލުކުރުމުގެ މަރުކަޒަކަށް ހެދުމެވެ. 📌 މި މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، ރިޔާޟުން ދަނީ ސޫރިޔާގެ ފައިބަރ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް އިންވެސްޓް ކުރަމުންނެވެ. 📌 މި ހުށަހެޅުމުގެ ދަށުން، ކޭބަލް އަޅާނީ އިސްރާއީލުގެ ސަރަހައްދުތަކަށް ނުވ

haqqubooks
Feb 211 min read


ކުއްލި ޚަބަރު: ސައުދީ އަރަބިއްޔާއާއި ޕާކިސްތާނުގެ ދިފާއީ އިއްތިހާދުގައި ބައިވެރިވުމަށް ތުރުކީން މަސައްކަތް ކުރަނީ
ސައުދީ އަރަބިއްޔާއާއި ޕާކިސްތާނާ ދެމެދު އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ބައިވެރިވުމަށް ތުރުކީން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސްލު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، އިއްތިހާދުގެ މެންބަރު ގައުމަކަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ އިލްތިޒާމުވެފައެވެ. މިއީ ނޭޓޯ (NATO) ގެ ގާނޫނުގެ 5 ވަނަ މާއްދާގައިވާ "ޖަމާއީ ދިފާއު" ގެ އުސޫލާ ވަރަށް އެއްގޮތް އުސޫލެކެވެ

haqqubooks
Jan 91 min read




































